ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ 12 ތަނެއް ބަލައިފާސްކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 66 ދުވަސް ކުރިން - 25 ޑިސެންބަރު 2025 09:01
ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަނުގެ ޓާސްކްފޯސްއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން--- ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަނުގެ ޓާސްކްފޯސްއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން--- ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

މި އޮޕަރޭޝަނުގައި އެއްވެސް މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު އިމިގްރޭޝަނުން ދީފައެއް ނުވޭ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް، މާލޭގެ 12 ތަނެއް އިމިގްރޭޝަނުން ބަލައިފާސްކޮށްފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަނުގެ ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަން ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މާލޭގައި ހިންގަމުން ދިޔަ 12 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފަ އެވެ.

Ad

މި އޮޕަރޭޝަނުގައި އެއްވެސް މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު އިމިގްރޭޝަނުން ދީފައެއް ނުވެ އެވެ. މި އޮޕަރޭޝަންތަކަކީ އިކޮނޮމިކް މިނިސްޓްރީއާއި އިމިގްރޭޝަނުން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކެއް ކަމަށް އިމިގްރޭޝަނުން ވަނީ އިތުރަށް ބުނެފަ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި 509 ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%