6 މަސްދުވަހުގެ މުއްދަތެއް ނެތްނަމަ ލަސްނުކޮށް ޕާސްޕޯޓު އާކުރަން އެދިއްޖެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 68 ދުވަސް ކުރިން - 23 ޑިސެންބަރު 2025 17:17
ދިވެހި ޕާސްޕޯޓުތަކެއް--- ފޮޓޯ: މާލްދީފް
ދިވެހި ޕާސްޕޯޓުތަކެއް--- ފޮޓޯ: މާލްދީފް
ޚުލާސާ

ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ގިނަ އަދަދެއްގެ ފަރާތްތަކުން ޕާސްޕޯޓު ހެއްދުމަށް ހުށަހަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނޭ

ހަމަސްދުވަހުގެ މުއްދަތެއް ނެތްނަމަ ލަސްނުކޮށް ޕާސްޕޯޓު އާކުރަން އިމިގްރޭޝަނުން އެދިއްޖެ އެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ގިނަ އަދަދެއްގެ ފަރާތްތަކުން ޕާސްޕޯޓު ހެއްދުމަށް ހުށަހަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Ad

އެހެންކަމުން، ދަތުރުގެ ތާރީހާ ކައިރިވަންދެން މަޑުނުކޮށް، ޕާސްޕޯޓުގައި ހަމަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އާކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހަމަސްދުވަހުގެ މުއްދަތެއް ނެތްނަމަ ލަސްނުކޮށް ޕާސްޕޯޓު އާކުރަން އިމިގްރޭޝަނުން އެދިފައި މިވަނީ ސްކޫލު ބަންދާ ދިމާކޮށް ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށާއި އެކި ބޭނުންތަކަށް ގައުމުން ބޭރަށް ފުރާތީ އެވެ.

Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%