މޫސުން ގޯސްވެ ރާއްޖެއަށް ޖައްސާ ގިނަ އިންޓަނޭޝަނަލް ފުލައިޓުތަކެއް ޑިލޭވެއްޖެ އެވެ.
އިއްޔެ ވެސް ގިނަ ފުލައިޓުތަކެއް ޑިލޭވެފައިވާއިރު މިއަދު ވެސް ގިނައިން ޑިލޭވެފައި ވަނީ ދުބާއީ އިން ރާއްޖެ އަށް ޖައްސާ ފުލައިޓުތަކެކެވެ.
މިއަދު ޑިލޭވި ފުލައިޓުތަކުގެ ތެރޭގައި ފުލައި ދުބާއީ، ސެންޗޫރިއަމް އެއާ، އެމިރޭޓްސް, އެޑަލްވިސޭ އަދި އެއާ އަރަބިއާ ހިމެނެ އެވެ.
- FZ1207 ޝެޑިއުލް ގަޑި - 06:45، ޑިލޭވެފައިވާ ގަޑި - 09:20
- FZ1025 ޝެޑިއުލް ގަޑި - 07:15، ޑިލޭވެފައިވާ ގަޑި - 08:56
- C6531 ޝެޑިއުލް ގަޑި - 07:20، ޑިލޭވެފައިވާ ގަޑި - 08:22
- EK656 ޝެޑިއުލް ގަޑި - 07:35، ޖެއްސި ގަޑި - 08:26
- WK066 ޝެޑިއުލް ގަޑި - 07:50، ޖެއްސި ގަޑި - 08:46
- G9093 ޝެޑިއުލް ގަޑި - 08:10، ޖެއްސި ގަޑި - 08:33
ވިއްސާރައާ ގުޅިގެން މީގެ ކުރިން ވެސް ފުލައިޓް ޑިލޭވުމުގެ ކަންކަން ދިމާވުމަކީ އާންމުކަމެކެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ފަހަރު ކައިރި ގައުމުތަކަށް ޑައިވާޓް ކޮށްފައިވެސް އެބަ ހުއްޓެވެ.
މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ކަމަށާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.






