Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ބަހައްޓައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ބަހައްޓައިފި

މުހައްމަދު ޖަމްޝަތު
262 ދުވަސް ކުރިން - 18 ޑިސެންބަރު 2025 20:02
ހިޔާ ޓަވަރު ސަރަހައްދުގައި އަލަށް ގާއިމުކުރި އޭޓީއެމްތައް---ފޮޓޯ:ބީއެމްއެލް
ހިޔާ ޓަވަރު ސަރަހައްދުގައި އަލަށް ގާއިމުކުރި އޭޓީއެމްތައް---ފޮޓޯ:ބީއެމްއެލް
ޚުލާސާ

މި އޭޓީއެމްތައް ގާއިމުކުރީ ހިޔާ ޓަވަރުތައް ކައިރީގައާއި ސްޓެލްކޯ ފްލެޓްތައް ކައިރީގައި

ބޭންކް އޮފް މޯލްޑިވްސް އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ އޭޓީއެމް ބަހައްޓައި، ހިދުމަތް ދޭން ފަށައިފިއެވެ.

މީގެ ތެރެއިން އެއް އޭޭޓީއެމް ސެންޓަރު ގާއިމުކޮށްފައިވަނީ ހިޔާގެ ހަވަނަ ޓަވަރާއި ހަތްވަނަ ޓަވަރުގެ މެދުގައެވެ. ދެވަނަ އޭޓީއެމް ސެންޓަރު ގާއިމުކުރީ ސްޓެލްކޯ ފްލެޓުތައް ކައިރީގައެވެ. ސްޓެލްކޯ ފްލެޓުތައް ކައިރީގައި ގާއިމުކޮށްފައިވަނީ ޑޮލަރު އޭޓީއެމް ސެންޓަރެކެވެ.

މި އޭޓީއެމް ތަކުގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

Advertisement 1

ބީއެމްއެލް އިން ބުނިގޮތުގައި ދެވަނަ ފިޔަވަހީގައި އަލަށް ބެހެއްޓި މި އޭޓީއެމްތަކުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެއެވެ.

ހިޔާ ޓަވަރު ސަރަހައްދުގައި އަލަށް ގާއިމުކުރި އޭޓީއެމްތައް، އިކޮނޮމިކް މިނިސްޓަރު ސައީދު ހުޅުވައިދެއްވަނީ---ފޮޓޯ:ބީއެމްއެލް

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި އެންމެ 9 މަސް ދުވަސް ތެރޭގައި، ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފައެވެ.

މި މަޝްރޫއުގެ ބޮޑުކަމާއެކުވެސް މަސައްކަތް ނިންމާލި އަވަސްމިނަކީ މިހާތަނަށް ރާއްޖެ ނުދެކޭފަދަ ކާމިޔާބީއެއްގެ ގޮތުގައި ބީއެމްއެލުން ސިފަކުރެއެވެ. އަދި މި މަސައްކަތް ނިންމާފައިވަނީ އެންމެ މަތީ ފެންވަރުގައި، ވީހާވެސް އަވަހަށް ޚިދުމަތް ދިނުމަށްޓަކައި، ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއެކު، ވަރަށް ގިނަ މަސައްކަތްތަކެއް ފުރިހަމަ ކޮށްގެންނެވެ.

މި މަޝްރޫއު ހިންގުމުގައި ޚަރަދު ކުޑަކުރުމާއި މަޝްރޫއުގެ ހިންގުން ހަރުދަނާވުމުގެ ނަތީޖާއެއްގެ ގޮތުން، މީގެ ކުރިން ބޭންކުން އޭޓީއެމް ޤާއިމުކުރުމަށް ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު، %33 ޚަރަދު ކުޑަކަންވެސް އެ ބޭންކުން ފާހަގަކުރެއެވެ.

ބީއެމްއެލްހުޅުމާލެ ފޭސް-2
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލެ ފޭސް 2 ގެ ބީޗްގައި މޫދަށް އެރޭނެ ރައްކާތެރި ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ފޭސް-2ގައި މޫދަށް އެރޭނެ ސަރަހައްދަކާއި މަސްބާނާ ސަރަހައްދެއް ގާއިމްކުރަނީ

3 ގަޑިއިރު ކުރިން - 08:48

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ސްޓެލްކޯގެ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

ސްޓެލްކޯ ޓަވަރަކުން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

5 ދުވަސް ކުރިން - 13:32

ހުޅުމާލެ ފޭސް 2 ގެ ޓަވަރަކުން ތުއްތު ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލެ ފޭސް 2 ގެ ޓަވަރަކުން ތުއްތު ކުއްޖަކު ވެއްޓިއްޖެ

5 ދުވަސް ކުރިން - 13:12

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

13 ދުވަސް ކުރިން - 14:50

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

20 ދުވަސް ކުރިން - 08:48

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

23 ދުވަސް ކުރިން - 20:27