އޮސްޓްރޭލިއާގެ ސިޑްނީގެ ބީޗެއްގައި ޔަހޫދީ ރައްބީ އަކާއި އިތުރު 15 މީހަކު މަރައިލީ އިންޑިއާގެ ޚައިދަރު އާބާދަށް ނިސްބަތްވާ ސާޖިދު އަކްރަމް (50އ) ނަމަކަށް ކިޔާ މީހަކާއި އޭނާގެ ދަރިފުޅު ނަވީދު އަކްރަމް (24އ) ކަމަށް އޮސްޓްރޭލިއާގެ ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނި ތަނުގައި ސާޖިދުގެ ގަޔަށް ބަޑި ޖަހައި ފުރާނަ ގެއްލުވާލާފައި ވާއިރު، އޭނާގެ ދަރިކަލުން ނަވީދު އަކްރަމް ހުއްޓުވީ ސީރިއާ އަށް ނިސްބަތްވާ އަޙްމަދު އަލް-އަޙްމަދެވެ. އަޙްމަދަށް ހީރޯގެ ލަޤަބުދީ ބޮޑެތި ޢަދަދުތަކުން މިހާރު ގެންދަނީ ފައިސާ ދެމުންކަން ފާހަގަ ކުރެވެއެވެ.
މި ހާދިސާގައި ހިމެނެނީ ބައްޕަ އާއި ދަރިފުޅުކަން ކަށަވަރުވީނފޮރެންސިކް ސާޗްތަކުގައި އެ ދެމީހުންނާއި ގުޅުން ހުރި ލިޔެކިޔުންތަކެއް ފެނުމުން ކަމަށް އޮސްޓްރޭލިއާ ފުލުހުން ބުނެއެވެ..
ސިޑްނީގެ ފުލުހުންނާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ސާޖިދު މަރައިލީ ފުލުހުންނެވެ.
މި ހާދިސާގައި ނަވީދު އަކްރަމް ހައްޔަރުކޮށް އޭނާ އަށް އަނިޔާ ކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް ވެއެވެ. އަދި އޭނާގެ ޙާލު ވެސް ކްރިޓިކަލް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.






