Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިއްޔެ އެކަނިވެސް 10 މަސާޖު ޕާލާއެއް ޗެކުކޮށް، 4 ބިދޭސީން އަތުލައިގަނެފި

އިއްޔެ އެކަނިވެސް 10 މަސާޖު ޕާލާއެއް ޗެކުކޮށް، 4 ބިދޭސީން އަތުލައިގަނެފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
261 ދުވަސް ކުރިން - 17 ޑިސެންބަރު 2025 16:49
މަޝްހޫރު ސްޕާއެއް ކަމަށްވާ ޝެރީ ސެލޯން އެންޑް ސްޕާ ބަންދުކުރި ކަމުގެ ނޯޓިސް ހަރުކުރަނީ. މިފދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ފުޅާކުރަމުން--- ފޮޓޯ: އިމިގްރޭޝަން

ޚުލާސާ

މިފަދަ ތަންތަން ގިނަ ކަމަށާއި މިފަދަ ތަންތަން ބަންދުކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުން

އިއްޔެ އެކަނިވެސް 10 މަސާޖު ޕާލާއެއް ބަލައިފާސްކޮށް، ގަވާއިދާ ހިލާފަށް އެ ތަންތަނުގައި މަސައްކަތް ކުރަމުން ދިޔަ ހަތަރު ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންނަށް އަމާޒުކޮށްގެން އިމިގްރޭޝަނުގެ ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަނުގައި މާލޭގައި ހިންގަމުންދިޔަ 10 ތަނެއް ބަލައި ފާސްކުރުމަށް ފަހު، ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފައިވާ ކަމަށެވެ.

Advertisement

Advertisement 1

މަސާޖު ޕާލާއެއް ހިންގަމުން އައި ވިޔަފާރިއެއް ބަންދުކުރި ކަމުގެ ނޯޓިސް ހަރުކުރާ މަންޒަރު އިމިގްރޭޝަނުން ކޮށްފައިވާ ޕޯސްޓުގައި ފެނެ އެވެ.

ގަވާއިދާ ހިލާފަށް މިފަދަ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިފަދަ ތަންތަނުގައި ހިންގަމުންދާ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް އިކޮނޮމިކް މިނިސްޓްރީން އަންނަނީ އަޅަމުންނެވެ. މި އޮޕަރޭޝަންތަކަކީ އިކޮނޮމިކް މިނިސްޓްރީއާއި އިމިގްރޭޝަންގެ ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކެކެވެ.

މާލޭގައި މަސާޖު ޕާލާތައް ގިނަކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުން އަންނަނީ ކުރަމުންނެވެ. ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ޖަލްސާތަކުގައި ބައެއް ފަރާތްތަކުން އަންނަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ހަފުތާއެއް ތެރޭގައި މާލެއިން 52 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

56 ދުވަސް ކުރިން - 20:13

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

56 ދުވަސް ކުރިން - 19:37

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

59 ދުވަސް ކުރިން - 18:08

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

87 ދުވަސް ކުރިން - 18:19

ކަސްޓަމަރުންގެ ޒާތީ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނާ ބީއެމްއެލްއާ ދެމެދު ބަދަލެއް ނުކުރެވޭ: ބީއެމްއެލް

ކަސްޓަމަރުންގެ ޒާތީ މައުލޫމާތެއް އިމިގްރޭޝަނުން ނުލިބޭ: ބީއެމްއެލް

122 ދުވަސް ކުރިން - 22:22

"އަދަދު" ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

"އަދަދު"ގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

130 ދުވަސް ކުރިން - 13:57