
ބްރެޒިލްގެ ބުދު ވެއްޓޭ މަންޒަރު
ބްރެޒިލްގެ ދެކުނުގައިވާ ރިއޯ ގްރާންޑޭ ޑޯ ސުލް ސްޓޭޓްގެ ގުއައިބާގައި ހުންނަ އެމެރިކާގެ “ސްޓޭޗު އޮފް ލިބަރޓީ” ގެ ނަކަލަކަށް ބަލައިގެން ހަދާފައިވާ މަޝްހޫރު ބޮޑު ބުދު ވެއްޓިއްޖެއެވެ. މި ބުދު ވެއްޓުނީ ބާރުގަދަ ވައިރޯޅިއެއް ޖެހިގެން ކަމަށް އެ ޤައުމުގެ މަސްދަރުތަކުން ބުނެއެވެ.
ގާތްގަނޑަކަށް 24 މީޓަރު އުސް މި ބުދު ވެއްޓުނުއިރު އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ،
ބްރެޒިލްގެ މޫސުމާއި ބެހޭ ފަރާތްތަކުން ބުނީ މި ބުދު ވެއްޓުނީ ގަޑިއަކު 80 އާއި 90 ކިލޯމީޓަރާއި ދެމެދުގެ ބާރުމިނުގައި އައި ބާރުގަދަ ވަޔާއި އެކުގައެވެ.






