Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދާރުއްނޫރު ވަގުފު އިމާރާތް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ

ދާރުއްނޫރު ވަގުފު އިމާރާތް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ

މުހައްމަދު ޖަމްޝަތު
212 ދުވަސް ކުރިން - 15 ޑިސެންބަރު 2025 11:00
ހުޅުމާލޭގައި އިމާރާތްކުރާ ވަގުފް އިމާރާތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސްލާމިކް މިނިސްޓަރު، ޑރ. ޝަހީމް---ފޮޓޯ:ރައީސް އޮފީސް
ހުޅުމާލޭގައި އިމާރާތްކުރާ ވަގުފް އިމާރާތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސްލާމިކް މިނިސްޓަރު، ޑރ. ޝަހީމް---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަގުފް އިމާރާތްތައް އެޅުމަށް ވަނީ ނިންމަވާފަ. މާލެ އާއި ހުޅުމާލޭގައި އިމާރާތްކުރާ ވަގުފް 2 އިމާރާތެއްގެ ބިންގާ މިހާރު ވަނީ އަޅާފަ

މާލޭގައި އިމާރާތްކުރާ ދާރުއްނޫރު ވަގުފް އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ ދާރުއްނޫރު ވަގުފް އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދިނުމާއި ކުރެހުންތަކާއި، ބީއޯކިޔު، ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ މި ބީލަން ހުޅުވާލާފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްކަމަށެވެ. އަދި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

Advertisement

Advertisement 1

މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަގުފް އިމާރާތްތައް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިހާރު ވަނީ މާލޭގައި ތަރައްގީކުރާ ދާރުލްއަރުގަމްއާއި ހުޅުމާލޭގައި ތަރައްގީކުރާ ދާރުލްސަލާމް ވަގުފް އިމާރާތުގެ ބިންގާ އަޅާފައެވެ. މީގެ އިތުރުން މާލޭގައި ކީރިތި ގުރުއާނަށް ހާއްސަ ވަގުފް އިމާރާތެއް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ. މި އިމާރާތުގެ އަމަލީ މަސައްކަތް މި ފެށޭ އަހަރު ފެށުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ހުޅުމާލެއާއި މާލޭގައި ތަރަގީކުރަން ފަށާފައިވާ ވަގުފް އިމާރާތްތަކަކީ ޒަމާނީ ވަސީލަތްތަކާއެކު 12 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިމާރާތްތަކެކެވެ. މި އިމާރާތްތަކުން ލިބޭ އާމްދަނީގެ 20 ޕަސެންޓް ރާއްޖޭގެ ޒަކާތު ހައުސްއަށް އަދި ބާކީ ހުރި 80 ޕަސެންޓް އިސްލާމިކް ވަގުފް ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއުތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް ރާއްޖޭގައި ވަގުފް ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރު ކުރުމަށް ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫއުތަކެކެވެ.

މާލޭގައި ތަރައްގީކުރާ ވަގުފް އިމާރާތްތަކުގެ އިތުރުން އައްޑޫ ސިޓީއާއި، ތިނަދޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަގުފް މަޝްރޫއު ފެށުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއެކު މި މަޝްރޫއުތައްވެސް މިހާރު ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައެވެ. މި މަޝްރޫއުތަކަކީ، ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫއުތަކެއް ކަމަށް ސަރުކާރުން ބުނެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްސަރުކާރުގެ ވަގްފް މަޝްރޫއު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

18 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

61 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

65 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

72 ދުވަސް ކުރިން - 15:01

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

75 ދުވަސް ކުރިން - 18:00

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

83 ދުވަސް ކުރިން - 12:52