Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ލިވަޕޫލުން މުގުރާލި ރެކޯޑާއެކު "ވިޒިޓް މޯލްޑިވްސް" އަށް ގިނަ ބައެއްގެ ސަމާލުކަން

ލިވަޕޫލުން މުގުރާލި ރެކޯޑާއެކު "ވިޒިޓް މޯލްޑިވްސް" އަށް ގިނަ ބައެއްގެ ސަމާލުކަން

އައިޝަތު ރުވާ ރިފްޢަތު
178 ދުވަސް ކުރިން - 15 ޑިސެންބަރު 2025 10:04
ހޫގޯ އެކިޓެކޭ ގޯލު ޖެހި ވަގުތު ރާއްޖެ އިޝްތިހާރުވެގެންދަނީ
ހޫގޯ އެކިޓެކޭ ގޯލު ޖެހި ވަގުތު ރާއްޖެ އިޝްތިހާރުވެގެންދަނީ
ޚުލާސާ

ފުރަތަމަ ގޯލު ޖަހާފައިވަނީ މެޗުގެ 46 ވަނަ ސިކުންތުގައި. ހޫގޯ އެކިޓެކޭ ޖެހި މި ގޯލު ދިމާވީ "ވިޒިޓް މޯލްޑިވްސް"ގެ ބްރޭންޑިން ދަނޑުގައި ދިއްލާލެވިފައިވާ ވަގުތުގައި.

އިނގިރޭސީ ޕްރިމިއާ ލީގުގައިމި ސީޒަނުގެ އެންމެ އަވަސް ގޯލު ޖަހައި ރެކޯޑު ހެދި ވަގުތު އެންފީލްޑު ދަނޑުގައި ދިވެހިރާއްޖޭގެ ބްރޭންޑިން "ވިޒިޓް މޯލްޑިވްސް" އަނެއްކާ ވެސް ވިދާލައިފި އެވެ.

ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅެފައިވަނީ ބްރައިޓަން އެވެ. ފަސޭހަކަމާއެކު ލިވަޕޫލް މޮޅުވި މެޗުގައި އެ ކުލަބުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ މެޗުގެ 46 ވަނަ ސިކުންތުގަ އެވެ. ހޫގޯ އެކިޓެކޭ ޖެހި މި ގޯލު ދިމާވީ "ވިޒިޓް މޯލްޑިވްސް"ގެ ބްރޭންޑިން ދަނޑުގައި ދިއްލާލާފައިވާ ވަގުތެއްގަ އެވެ.

Advertisement

Advertisement 1

ޑެސްޓިނޭޝަން ޕާޓްނާޝިޕެއްގެ ދަށުން ރާއްޖޭގެ "ވިޒިޓް މޯލްޑިވްސް" އާއި ލިވަޕޫލާ ދެމެދު އެއްބަސްވުން ގާއިމްކޮށްފައިވަނީ މިއަހަރުގެ މާޗު މަސް ތެރޭގަ އެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރާ މި ބްރޭންޑު އެންފީލްޑުގެ އެލްއީޑީ ބޯޑުތަކާއި ޑިޖިޓަލް ސްކްރީންތަކުގައި ލިވަޕޫލްގެ ކޮންމެ ހޯމް މެޗެއްގައި ދައްކާނެ އެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިންނަށް ހުރި ތަފާތު ފުރުސަތުތަކާއި، ލަގްޒަރީ ރިޒޯޓުތައް މުޅި ދުނިޔެ އަށް ދައްކާލެވޭނެ އެވެ. ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި ތަފާތު ގޮތްގޮތަށް ރާއްޖޭގެ ބްރޭންޑިން ދައްކާލުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ނިމިދިޔަ މަހު 10 ބަހަކުން ރާއްޖޭގެ އިސްތިހާރުކުރުމަށް މި ލެޑް ބޯޑުތައް ވަނީ ބޭނުންކޮށްފަ އެވެ.

ލިވަޕޫލާއެކު ގާއިމްކުރެވުނު ޕާޓްނާޝިޕުގެ ދަށުން އެ ކުލަބުގެ ލެޑްބޯޑުތަކާއި ސޯޝަލް މީޑިއާގެ އެކި ކެމްޕެއިންތަކާއި ޕޯސްޓުތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ އެކި ފުރުސަތުތަކެއް އަންނަނީ ހޯދަމުންނެވެ. 180 ގައުމެއްގައި ދައްކާ މެޗުތަކުގެ ޒަރިއްޔާއިން އެތައް ބަޔަކަށް ރާއްޖެ އިޝްތިހާރުވެގެންދާނެ އެވެ.

ވިޒިޓް މޯލްޑިވްސްލިވަޕޫލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

11 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

16 ދުވަސް ކުރިން - 13:01

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

25 ދުވަސް ކުރިން - 16:15

އެލޮންސޯ ޗެލްސީއަށް ދިއުމަކީ ލިވަޕޫލަށް ލިބޭނެ ބޮޑު ލަދަކަށް ވެދާނެ

އެލޮންސޯ ޗެލްސީއަށް ދިއުމަކީ ލިވަޕޫލަށް ލިބޭނެ ލަދެއް

27 ދުވަސް ކުރިން - 12:36

ސިޓީ މޮޅުވިއިރު ޔުނައިޓެޑް، ޗެލްސީ އަދި ލިވަޕޫލަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

ބޮޑެތި ކުލަބުތައް އެއްވަރުވިއިރު ސިޓީއަށް ތިން ޕޮއިންޓު

32 ދުވަސް ކުރިން - 23:53

މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި

ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔުނައިޓެޑުން ކަށަވަރުކޮށްފި

38 ދުވަސް ކުރިން - 08:42