Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަޕްޑޭޓް: އޮސްޓްރޭލިއާގައި މިރޭ ދިން ޙަމަލާގެ ހީރޯ އަކަށް އަޙްމަދު އަލް- އަޙްމަދު

އަޕްޑޭޓް: އޮސްޓްރޭލިއާގައި މިރޭ ދިން ޙަމަލާގެ ހީރޯ އަކަށް އަޙްމަދު އަލް- އަޙްމަދު

ޢަބްދުﷲ ޖުނައިދު
268 ދުވަސް ކުރިން - 15 ޑިސެންބަރު 2025 02:15
އަޙްމަދު އަލް-އަޙްމަދު (ސްކްރީން ޝޮޓެއް)
އަޙްމަދު އަލް-އަޙްމަދު (ސްކްރީން ޝޮޓެއް)
ޚުލާސާ

އޮސްޓްރޭލިއާގައި ބަޑި ޖަހައި 16 މީހުން މަރާލައި 29 މީހުން ޒަޚަމްވިއިރު، ހުސްއަތާ ގޮސް ޓެރަރިސްޓާއި ކުރިމަތިލައި ހަތިޔާރު އަތުލި އަޙްމަދު އަލް-އަޙްމަދަކީ ބަޠަލެއް ކަމަށް ބުނެފި

މިރޭ އިރާއިކޮޅު އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑިން ޙަމަލާދީ 16 މީހުން މަރާލައި އެތައް ބަޔަކު ޒަޚަމްކުރި ނުރައްކާތެރި ޙަމަލާ ދިން މީހާ އާއި ކުރިމަތިލައި އޭނާގެ އަތުން ބަޑި އަތުލި ހިތްވަރުގަދަ އަޙްމަދު އަލް-އަޙްމަދަކީ “އޮސްޓްރޭލިއާގެ އެތައް ރައްޔިތުންނެއް ސަލާމަތްކޮށްލި ބަޠަލު” ކަމަށް ބުނެ އެ ޤައުމުގެ މީޑިއާއިންނާއި ބޭރުގެ މީޑިއާތަކުން ބުނަން ފަށައިފިއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ދެމީހަކު ބަޑި ހިފައިގެން ޙަމަލާ ދެމުން ދިޔައެވެ. ބަޑި ހިފައިގެން ހުރި އެކަކާއި އަޙްމަދު އަލް-އަޙްމަދު ކުރިމަތިލައި އޭނާގެ އަތުން ބަޑި އަތުލައި އޭނާ އަށް ހަމަ އެ ޑިން ބިރު ދައްކާ މަންޒަރު ފެނެއެވެ.

Advertisement

Advertisement 1

“އޭނާ ވަރަށް ބާރަށް ދުވެފައި ޙަމަލާދިން މީހާ އާއި ދިމާއަށް ގޮސް އެޓޭކް ކުރިއިރު ވެސް އެ މީހާ ދިޔައީ ބަޑި ޖަހަމުންނެވެ. ނަމަވެސް އުންޑައަކަށް ބެލުމެއް ނެތި ފުރާނަ އަތަށްލައިގެން އަޙްމަދު އަލް-އަޙްމަދު އެ މީހާ އާއި ކުރިމަތިލައި އޭނާގެ އަތުން ބަޑި އަތުލައި އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށްލި” ކަމަށް އޮސްޓްރޭލިއާގެ ޚަބަރުތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބަޑި ޖެހި މީހާ އާއި ކުރިމަތިލުމުގެ ތެރޭގައި އަޙްމަދަށް ވެސް ވަނީ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވަނީ އަޙްމަދު އަލް-އަޙްމަދުގެ ހިތްވަރަށް ތަޢުރީފު ކޮށްފައެވެ. މުޅި އޮސްޓްރޭލިއާގައި މިރޭ އަޙްމަދުގެ ވާހަކަތައް ފެތުރެމުންދާއިރު، އަޙްމަދުގެ ބޭބެ މުޞްޠަފާ އާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި، ފުރުޓް ފިހާރައެއްގައި މަސައްކަތްކުރާ އަޙްމަދު އަލް-އަޙްމަދަކީ ދުވަހަކު ވެސް މިލިޓަރީ ޓްރޭނިންގ އެއް ހަދާފައިވާ މީހެއް ނޫނެވެ.

އަޙްމަދު އަލް-އަޙްމަދަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އޮސްޓްރޭލިއާގެ އެތައް ހާސް ބަޔަކު ދަނީ އޭނާ އަކީ ބަޠަލެއް ކަމަށް ބުނެ ހެޔޮ ދުޢާ ކުރަމުންނެވެ.

މިރޭ ދިމް ޙަމަލާ އަމާޒު ކޮށްފައި ވަނީ ޔަހޫދީންނަށް ކަމަށް ބައެއް މީޑިއާތަކުން ބުނަމުންދާއިރު، މި ޙަމަލާގައި މަރުވެ، އަނިޔާވި މީހުންގެ ތެރޭގައި މުސްލިމުން ވެސް ހިމެނެއެވެ.

އޮސްޓްރޭލިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވިއެނާ މިއުޒިއަމަކުން މިސްރުގެ ރާނީގެ 673 ޑައިމަންޑުގެ ހާރު ވަގަށް ނަގައިފި!

ވިއެންނާ މިއުޒިއަމަކުން މިސްރުގެ ރާނީގެ 673 ޑައިމަންޑުގެ ހާރު ވަގަށް ނަގައިފި!

10 ދުވަސް ކުރިން - 13:22

އޮސްޓްރޭލިއާގެ އިގްތިސާދީ ސަލާމަތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު މުހިއްމު: ދިފާއީ ގުޅުންތައް ފުޅާކުރަން ފަށައިފި

އޮސްޓްރޭލިއާގެ އިގްތިސާދީ ސަލާމަތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު މުހިއްމު

14 ދުވަސް ކުރިން - 11:02

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

96 ދުވަސް ކުރިން - 18:46

އޭކަސް އިއްތިހާދުން ކަނޑުއަޑީގައި ބޭނުންކުރާ ޑްރޯން ޓެކްނޮލޮޖީ އުފެއްދުމަށް ނިންމައިފި

އޭކަސް އިއްތިހާދުން ކަނޑުއަޑީގައި ބޭނުންކުރާ ޑްރޯން ޓެކްނޮލޮޖީ އުފެއްދުމަށް ނިންމައިފި

101 ދުވަސް ކުރިން - 05:45

ގެއްލިގެން ހޯދަމުންދާ 5 އަހަރުގެ ކުއްޖަކު ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފި

ގެއްލިގެން ހޯދަމުންދާ ކުއްޖަކު ވަގަށް ނަގައިފި: ޕޮލިސް

135 ދުވަސް ކުރިން - 08:35

ތެޔޮ އަގުބޮޑުވުމާއި ގުޅިގެން އޮސްޓްރޭލިއާގެ ދެ ސްޓޭޓަކުން ޕަބްލިކް ދަތުރުފަތުރު ހިލޭ!

ތެޔޮ އަގުބޮޑުވުމާއި ގުޅިގެން އޮސްޓްރޭލިއާގައި ދަތުރުފަތުރު ހިލޭ!

163 ދުވަސް ކުރިން - 00:13