ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅޭ އޮސްޓްރޭލިއާގެ ސިޑްނީގައި އިރާއިކޮޅު ހިނގި ބަޑިޖެހުމުގެ ހާދިސާ އެއްގައި 12 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމް ކޮށްލައިފިއެވެ.
އޮސްޓްރޭލިއާގެ މަސްދަރުތަކުން ބުނާ ގޮތުގައި ވަޒަން އެރުމުގެ ސަބަބުން 28 މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ފުލުހުންގެ ދެއޮފިސަރަކު ވެސް ހިމެނެއެވެ.
އޮސްޓްރޭލިއާގެ ނޫސްތަކުން ބުނާ ގޮތުގައި މި ޙަމަލާ އަކީ އެ ޤައުމުގައި ދިރިއުޅޭ ޔަހޫދީންނަށް އަމާޒުކޮށް ދީފައިވާ ޙަމަލާ އެކެވެ.






