ކުރިއަށް އޮތް ދޮޅު މަހެއްހައި ދުވަހުގެ ތެރޭގައި ފޭސް 3 ހިއްކައި ނިމޭނެ: އެމްއޭސީއެލް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 1 ދުވަސް ކުރިން - 14 ޑިސެންބަރު 2025 13:07
ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. ބެލެވޭ ގޮތުގައި މި މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި އެކޮށް ނިންމާލެވޭނޭ--- ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. ބެލެވޭ ގޮތުގައި މި މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި އެކޮށް ނިންމާލެވޭނޭ--- ފޮޓޯ: އެޗްޑީސީ
ޚުލާސާ

މި މަސައްކަތުގެ ދަށުން މިހާތަނަށް 31 ހެކްޓަރުގެ ބިން ހިއްކިފައިވާ އިރު އެއީ މި މަސައްކަތުގެ 49.2 އިންސައްތަ ކަމަށް އެމްއޭސީއެލް އިން ބުނޭ

ކުރިއަށް އޮތް ދޮޅު މަހެއްހައި ދުވަހުގެ ތެރޭގައި ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

މިކަން ހާމަކޮށް އެމްއޭސީއެލްއިން އެކްސް ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 31 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށެވެ. އެއީ މި މަސައްކަތުގެ 49.2 އިންސައްތަ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ. މި މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ދޮޅު މަހެއްހައި ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ މަސައްކަތް މިހާ ހަލުވިވެފައި މިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ދެ ޑްރެޖަރު ގެނެސް އެ ޑްރެޖަރުތަކުން އެ ސަރަހައްދު ހިއްކަމުން ގެންދާތީ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި މަސައްކަތް ފެށި މި މަޝްރޫއުގެ އަމަލީ މަސައްކަތް ހުއްޓިފައި ދުވަސްކޮޅަކު އޮތް ނަމަވެސް އަލުން މި މަޝްރޫއުގެ އަމަލީ މަސައްކަތް މިވަނީ ފެށި ބާރު ސްޕީޑުގައި ކުރިއަށްދާން ފަށައިފަ އެވެ. ސަރުކާރުން މިހާރުވެސް ދަނީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މީގެ އިތުރުން ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ވެސް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިކަމާ ގުޅިގެން ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވީ އަލަށް ގެނެވުނު ޑްރެޖަރުތަކާއެކު މި މަހުގެ ނިޔަލަށް ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%