Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މުހައްމަދު ޖަމްޝަތު
222 ދުވަސް ކުރިން - 11 ޑިސެންބަރު 2025 19:53
ޕްރޮޖެކްޓް އައިލާގެ އެއްބަސްވުމުގައި ސޮއިކުރުން---ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޕްރޮޖެކްޓް އައިލާގެ އެއްބަސްވުމުގައި ސޮއިކުރުން---ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޚުލާސާ

މި މަޝްރޫއު ހިންގާނީ ނ އަތޮޅު ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައި. 2028 ނިންމައި މި ޓައުންޝިޕް އޮޕަރޭޝަނަށް ގެންނަންޖެހޭ

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ޕްރޮޖެކްޓް ހިންގާނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނިން މި ޕްރޮޖެކްޓް ހިންގާނީ ނ. އަތޮޅުގައެވެ.

ރާއްޖޭގައި އެސްއީޒެޑް ގާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލާ އަމަލުކުރަން ފެށީ 2014 ވަނަ އަހަރުއެވެ. ނަމަވެސް އެ ގާނޫނުގައި ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށްޓަކައި އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކޮށް މި ސަރުކާރުން ވަނީ ގާނޫނު އިސްލާހުކޮށްފައެވެ.

"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ކުރިއަށްގެންދާ މި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓުގެ ދަށުން މަތީ ފަންތީގެ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގައި، ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީ ކުރާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ތަނުގައި މަދުވެގެން 60 ޕަސެންޓް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗަގެ ތެރެއިން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރެވޭނެއެވެ.

މި ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ ދިނުމަށް ބޭއްވި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ ވިދާޅުވީ، ސަސްޓެއިނަބަލް ޕްރޮޖެކްޓްގެ ހުއްދަ ރަސްމީކޮށް ލިބުމުން އުފާކުރާކަމަށެވެ. އަދި ޓައުންޝިޕެއް ގާއިމުކުރުމަށް އެފަދަ ހުއްދައެއް ލިބުނު ފުރަތަމަ ކުންފުންޏަކަށް ވުމަކީ ލިބޭ ޝަރަފެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިކަމަކީ ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާނެ ޕްރޮޖެކްޓެއްކަމަށާއި، މިފަދަ މަޝްރޫއުތައް އިތުރުވުމަކީ އޭގެ ސަބަބުން ރާއްޖެއަށް އިޖްތިމާއީ ގޮތުންވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބޯޑް އޮފް އިންވެސްޓްމަންޓުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 2028ގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށެވެ. މި މަޝްރޫއަށް 790 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރާނެއެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތުގެ ތެރޭގައި ހިމެނޭ ބިން ހިއްކުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް އިގުތިސާދީ ވުޒާރާއިން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދީފައިވަނީ، ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްގެންދިއުމަށް ކަމަށެވެ. އެގޮތުން ނ. އަތޮޅުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ހަވާލުކޮށްފައިވާއިރު، މި މަޝްރޫއު ކުރިއަށްގެންދާނީ އެ އަތޮޅުގެ ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައި ކަމަށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްއެސްއީޒެޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

35 ދުވަސް ކުރިން - 14:32

ބަންކަރިން ހިދުމަތުން ބިލިއަނަކާ ގާތްކުރާ އާމްދަނީއެއް ލިބިއްޖެ: މިނިސްޓަރު ސައީދު

"ބަންކަރިން ހިދުމަތުން ބިލިއަނަކާ ގާތްކުރާ އާމްދަނީއެއް ލިބިއްޖެ"

75 ދުވަސް ކުރިން - 12:44

މާފުށީ "މާރަނގަ މާރުކޭޓު" އަށް މިނިސްޓަރު ސައީދު ޒިޔާރަތްކުރައްވައި، ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފި

މާފުށީ "މާރަނގަ މާރުކޭޓު"އަށް މިނިސްޓަރު ސައީދު ޒިޔާރަތްކުރައްވައިފި

87 ދުވަސް ކުރިން - 00:36

ޓްރާންސްޕޯޓް އަދި އިކޮނޮމިކް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ސައީދު ހަމަޖައްސަވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރުކަމަށް ސައީދު ހަމަޖައްސަވައިފި

98 ދުވަސް ކުރިން - 19:30

ތެލުގެ ޝިޕްމަންޓްތައް ކުރިއަށް އޮތް ތިން މަހަށް ޝެޑިއުލް ކުރެވިއްޖެ: މިނިސްޓަރު ސައީދު

"ތެލުގެ ޝިޕްމަންޓްތައް ކުރިއަށްއޮތް 3މަހަށް ޝެޑިއުލް ކުރެވިއްޖެ"

98 ދުވަސް ކުރިން - 12:16

ގައުމީ ލޮޖިސްޓިކް ނެޓްވޯކުގައި އަމިއްލަ ކުންފުނިތަކަށް ބައިވެރިވޭ ގޮތް ހަދަނީ

ލޮޖިސްޓިކް ނެޓްވޯކުގައި އަމިއްލަ ކުންފުނިތަކަށް ބައިވެރިވެވޭނެ

118 ދުވަސް ކުރިން - 13:36