ބްރިކްސް ބޭންކަށް އިންޑޮނޭޝިއާ އިން 1 ބިލިއަން ޑޮލަރު ދީފި

ޢަބްދުﷲ ޖުނައިދު | 44 ދުވަސް ކުރިން - 11 ޑިސެންބަރު 2025 16:22
އިންޑޮނޭޝިއާ އިން ބްރިކްސް އަށް ވަނުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޤައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ (ކ) ބްރެޒިލްގެ ރައީސް ލޫލާ ޑަ ސިލްވާ އާއި އެކު.
އިންޑޮނޭޝިއާ އިން ބްރިކްސް އަށް ވަނުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޤައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ (ކ) ބްރެޒިލްގެ ރައީސް ލޫލާ ޑަ ސިލްވާ އާއި އެކު.
ޚުލާސާ

ވޯލްޑް ބޭންކު ނުވަތަ އައިއެމްއެފް ފަދަ ހުޅަނގުގެ ނުފޫޒު އޮންނަ މާލީ އިދާރާތަކުން ޤައުމުތަކަށް އެހީ ނުވިޔަސް ބްރިކްސް އިން އެހީ ލިބުމުގެ ދޮރު އޮތީ ހުޅުވިފަ

ބްރިކްސް ގްރޫޕުން ހިންގާ ބޭންކު ކަމަށްވާ ނިއު ޑިވެލޮޕްމަންޓް ބޭންކް (އެންޑީބީ) އަށް އިންޑޮނޭޝިއާ އިން މި މަހުގެ ފުރަތަމަ ދުވަހު އެއްބިލިއަން އެމެރިކާ ޑޮލަރު ދީފިއެވެ.

ވޯލްޑް ބޭންކު ނުވަތަ އައިއެމްއެފް ފަދަ ހުޅަނގުގެ ނުފޫޒު އޮންނަ މާލީ އިދާރާތަކުން ޤައުމުތަކަށް އެހީ ނުވިޔަސް ބްރިކްސް ގެ މެންބަރުކަން އޮންނަ ނަމަ އެ ޤައުމުތަކަށް މާލީ އެހީތެރިކަން ބްރިކްސްގެ ބޭންކުން ލިބޭއިރު، އެންޑީބީ އުފެއްދީ ވެސް ބްރިކްސްގެ މެމްބަރު ޤައުމުތަކާއި ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދީ، އެމެރިކާ އާއި ހުޅަނގުން ހައިޖެކު ކޮށްފައިވާ ދުނިޔޭގެ އިޤްތިޞާދު އެމީހުންގެ މުށުތެރެިން ދަމައިގަނެ މިނިވަން ކުރުމަށެވެ.

އިންޑޮނޭޝިއާ އަށް ބްރިކްސްގެ ފުރިހަމަ މެމްބަރުކަން ލިބުނުތާ އެއްއަހަރު ވާނީ އަންނަ މަހުގެ 6 ގައެވެ.

ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ގުޅިގެން 2009 ވަނަ އަހަރު އުފެއްދި މި ބްލޮކާއި ގުޅުނު ދެކުނު އިރުމަތީ އޭޝިއާގެ ފުރަތަމަ ޤައުމަކަށް އިންޑޮނޭޝިއާ ވެފައި ވާއިރު، އިތުރު ޤައުމުތައް ގުޅި އެ ބްލޮކް މިހާރު ދަނީ ފުޅާ ވަމުންނެވެ. އޭގެތެރޭގައި މިޞްރު، އިތިއޯޕިއާ، އީރާން، އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނެއެވެ.

ބްރިކްސްގެ ޤައުމުތަކުން 2015 ވަނަ އަހަރު ހުޅުވި އެންޑީބީ ބޭންކަށް ފައުންޑިންގ ފަސްޤައުމުން ކުރެ ކޮންމެ ޤައުމަކުން 10 ބިލިއަން ޑޮލަރު ޖަމާ ކުރިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%