Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް ސްޓެލްކޯއިން ވަޒީފާ ދީފި

ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް ސްޓެލްކޯއިން ވަޒީފާ ދީފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
179 ދުވަސް ކުރިން - 11 ޑިސެންބަރު 2025 15:42
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސްޓެލްކޯގެ ވަޒީފާ ލިބުނު ކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު--- ފޮޓޯ: ސްޓެލްކޯ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސްޓެލްކޯގެ ވަޒީފާ ލިބުނު ކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު--- ފޮޓޯ: ސްޓެލްކޯ
ޚުލާސާ

އެ ފަރާތްތަކަށް ވަޒީފާ ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދީފި އެވެ.

ސްޓެލްކޯއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މުޖުތަމައުގެ އެއްވެސް ފަރާތެއް ބާކީ ނުކޮށް، ހަމަހަމަ އުސޫލަކުން އެންމެނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން ސްޓެލްކޯއިން މިއަދު ވަނީ އެ ކުންފުނީގެ ހިދުމަތް ލިބޭ 20 ރަށެއްގެ ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް ވަޒީފާ ދިނުމަށް ނިންމާފައި ކަމަށެވެ.

Advertisement

Advertisement 1

ސްޓެލްކޯގައި އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ފަރާތްތަކަށް ވަޒީފާ ދިންކަމުގެ ލިޔުން ރަސްމީކޮށް ވަނީ ހަވާލުކޮށްފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަދި ސްޓެލްކޯގެ އިސްވެރިން ވެސް ބައިވެރިވަޑައިގެންފައިވެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވުމަކީ މުވައްޒަފުގެ އާއިލާއާއި ގައުމަށް އެކަމުގައި އެތައްގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއް ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ނެރުމަކީ ސިއްހީ ގޮތުންނާއި، ދިރިއުޅުމުގެ އާދަތަކާއި މާލީގޮތުން ފުދުންތެރިކަން އިތުރުވެގެން އަންނާނެ ކަމެއް ކަމަށް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ހިންގާ މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތަކެއް ފަހިކޮށްދެއްވުމުގެ ގޮތުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ސްޓެލްކޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި

16 ދުވަސް ކުރިން - 15:34

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

16 ދުވަސް ކުރިން - 12:41

ހޮނުއެޅުމުގެ ސަބަބުން ކަރަންޓު ނުލިބޭނަމަ ރިޕޯޓުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

"ކަރަންޓު މައްސަލަ އުޅޭނަމަ ރިޕޯޓުކުރައްވާ"

40 ދުވަސް ކުރިން - 08:39

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަލީ އަޒްވަރު އައްޔަނުކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަޒްވަރު އައްޔަނުކޮށްފި

41 ދުވަސް ކުރިން - 14:59

މަގު ކޮނުމުގައި ކޭބަލަކަށް ގެއްލުން ވުމުން އޭގައި ޓޭޕް އޮޅައި ސްޓެލްކޯއަށް ސިއްރުކޮށްފައިވޭ: ސްޓެލްކޯ

"ކޭބަލަކަށް ގެއްލުންވުމުން އޭގައި ޓޭޕް އޮޅައި ސިއްރުކޮށްފައިވޭ"

44 ދުވަސް ކުރިން - 00:18

ގޯތިތައް ހިތުހުރި ގޮތަކަށް ދޫކުރުމުގެ ނަތީޖާ: މަގުކޮންނަނިކޮށް ކޭބަލަކަށް ގެއްލުންވެ ދެވަނަ ފިޔަވަހިން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

މަގުކޮންނަނިކޮށް ކޭބަލަކަށް ގެއްލުންވެ އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

44 ދުވަސް ކުރިން - 16:02