4 މަސާޖު ޕާލާ އެއް ބަލައި ފާސްކޮށް 4 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 1 ގަޑިއިރު ކުރިން - 10 ޑިސެންބަރު 2025 12:16
މަސާޖު ޕާލަރެއް ބަލައި ފާސްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަނީ. އިމިގްރޭޝަނުން ވަނީ ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށް ހަތަރު މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފަ--- ފޮޓޯ: އިމިގްރޭޝަން
މަސާޖު ޕާލަރެއް ބަލައި ފާސްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަނީ. އިމިގްރޭޝަނުން ވަނީ ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށް ހަތަރު މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފަ--- ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ހުއްޓުވުމުގެ ފިޔަވަޅުތައް އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ އަޅައިފަ

ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށް ހަތަރު ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް، އިމިގްރޭޝަނުގެ ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި، ރޭގައި މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެފަދަ ތަންތަނުން ގަވާއިދާ ހިލާފަށް އުޅެމުންދިއަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އިތުރަށް ބުނީ، މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން މިހާރު އަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ރޭ އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މާލޭގެ 11 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

މި އޮޕަރޭޝަންތަކަކީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި އިމިގްރޭޝަންގެ ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކެކެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%