މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފި އެވެ.
މިކަމާ ގުޅިގެން ސްޓެލްކޯއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން ދާތީ މިއަދު، މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެ ކަމަށެވެ.
ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިލާލީ މަގު އަދި އިސްކަންދަރު މަގު ހިމެނޭ ސަރަހައްދުތައް ހިމެނެ އެވެ. ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ މިއަދު މެންދުރުފަހު 14:00 އާއި 15:00 އާއި ދެމެދުގެ ވަގުތެއްގައިކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
ކަރަންޓު ކެނޑިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.






