ޠާލިބާނުންނާއި އެކު މަސައްކަތް ކުރުމަށް މުޅި ދުނިޔެއަށް ޕޫޓިން ގޮވާލައްވައިފި

ޢަބްދުﷲ ޖުނައިދު | 50 ދުވަސް ކުރިން - 6 ޑިސެންބަރު 2025 11:17
ރަޝިއާގެ ރައީސް ޕޫޓިން ވިދާޅުވީ ޠާލިބާނުންނާއި ގުޅިގެން ޓެރަރިޒަމާއި ދެކޮޅަށް މުޅި ދުނިޔެ މަސައްކަތް ކުރަން ވެއްޖެ ކަމަށް.
ރަޝިއާގެ ރައީސް ޕޫޓިން ވިދާޅުވީ ޠާލިބާނުންނާއި ގުޅިގެން ޓެރަރިޒަމާއި ދެކޮޅަށް މުޅި ދުނިޔެ މަސައްކަތް ކުރަން ވެއްޖެ ކަމަށް.
ޚުލާސާ

އިންސާނީ ޙައްޤުތަކުގެ ކަންބޮޑުވުންތަކާއި އެކު ވެސް މުޅި ދުނިޔެ ޠާލިބާނުންނާއި އެކު މަސައްކަތް ކަމަށް ޕޫޓިން ގޮވާލައްވައިފި

އިންސާނީ ޙައްޤުތަކާއި މެދު ދުނިޔޭގެ ކަންބޮޑުވުންތައް ހުރި ނަމަވެސް ކާބުލްގެ ވެރިންނާއި ގުޅުން ބަހައްޓައިގެން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިން ވިދާޅުވެއްޖެއެވެ. ނިއުދިއްލީގައި، ދުނިޔޭގެ ޤައުމުތަކަށް އިޝާރާތް ކުރައްވަމުން ޕޫޓިން ވިދާޅުވީ ޠާލިބާނުން ދަނީ އަފްޣާނިސްތާނުގެ ޙާލަތު ސާފުކޮށް ކޮންޓްރޯލް ކުރަމުން ކަމަށެވެ.

އިންޑިއާ ޓުޑޭ އަށް ދެއްވި އިންޓަވިއުއެއްގައި ޕޫޓިން ފާހަގަކުރެއްވި ގޮތުގައި ޠާލިބާމުންނާއި ގުޅުން ބޭއްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. “އިންޑިއާގައި ހިނގަމުންދާ ކަންކަމަށް ނުފޫޒު ފޯރުވުމަށްޓަކައި (ޠާލިބާނުގެ މިހާރުގެ ސަރުކާރާއި) ގުޅުން ބަދަހިކުރަން ޖެހޭނެ. ކޮންޓެކްޓްސް ނެތުމަށް ވުރެ ކޮންޓެކްޓްސް ހުރުމުން ރަނގަޅު."

ޕޫޓިން ވިދާޅުވީ ޠާލިބާނުން ދަނީ ޓެރަރިޒަމާއި ދެކޮޅަށް ވަރަށް ވަރުގަދަޔަށް ހަނގުރާމަ ކުރަމުން ކަމަށާއި، ޠާލިބާނުން އަފްޣާނިސްތާނުގެ ކޮންޓުރޯލް ނަގައި "އޮޕިއަމް އުފެއްދުން ވަރަށް ބޮޑަށް މަދުކޮށްފައިވާ" ކަމަށެވެ.

ޕޫޓިން މިހެން ވިދާޅުވި އިރު 1979 ވަނަ އަހަރުން ފެށިގެން ކުރީގެ ސޯވިއެޓުން (މިހާރުގެ ރަޝިއާ) ވަނީ 1988 އާއި ޖެހެންދެން އަފްޣާނިސްތާނަށް ބޮން އަޅާފައެވެ. އެއަށް ފަހު ދެން އަފްޣާނިސްތާނަށް ޙަމަލާ ދޭން ފެށީ އެމެރިކާއިންނެވެ. 2001 ވަނަ އަހަރު ސެޕްޓެމްބަރު 11 ވަނަ ދުވަހު އެމެރިކާގެ ޓްރޭޑް ސެންޓަރަށް ޙަމަލާ ދިނުމާއި ގުޅިގެން 40 އަށް ވުރެ ގިނަ ޤައުމުގެ އެހީތެރިކަމާއި އެކު ލައްކައަކަށް ވުރެ ގިނަ ސިފައިން ބޭނުން ކޮށްގެން އެމެރިކާ އިސްވެ އޮވެ ޠާލިބާނުންނާއި ދެކޮޅަށް ހަނގުރާމަ ފެށިއެވެ.

2021 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާ އާއި ނޭޓޯގެ ސިފައިން ޠާލިބާނުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަހު، ޠާލިބާނުން ވަނީ ކާބުލްގެ ވެރިކަން އަލުން ހޯދައި، އެ ޤައުމުގެ ވެރިކަން އަލުން ޤާއިމްކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%