ރައީސް ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައްޔަންކުރައްވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 1 ދުވަސް ކުރިން - 4 ޑިސެންބަރު 2025 11:40
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައްޔަންކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައްޔަންކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި މަގާމަށް މަހުލޫފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ރުހުން ދީފަ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މިއަދު އައްޔަންކުރައްވައިފި އެވެ.

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މަހުލޫފް އައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަގާމަށް މަހުލޫފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ރުހުންވެސް ދީފަ އެވެ.

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރަކަށް މަހްލޫފް އައްޔަންކުރަން ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކަށް މަހްލޫފް އައްޔަންކުރަން ރުހުން ދޭން ނިންމި ވޯޓުގައި 60 މެމްބަރަކު ވަނީ އޭނާ އެ މަގާމަށް އައްޔަންކުރުމަށް ފެންނަ ކަމަށް ވޯޓު ދީފަ އެވެ.

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރަކަށް މަހްލޫފް އައްޔަންކުރައްވާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ސޯބިރު މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިޔާވުމާއި ގުޅިގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%