Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ މިރޭ ބައްދަލުކުރައްވަނީ

މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ މިރޭ ބައްދަލުކުރައްވަނީ

އައިޝަތު ރުވާ ރިފްޢަތު
223 ދުވަސް ކުރިން - 4 ޑިސެންބަރު 2025 08:47
ރައީސް ވިލިނގިލީގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިލިނގިލީގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ ތާޖުއްދީން ސްކޫލުގައި މިރޭ 08:30 ގައި. މި ބައްދަލުވުމުގައި ރައީސްއާ ސުވާލުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ

އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތައް ނިންމަވާލެއްވުމަށްފަހު މާލެ ސިޓީގެ އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ގޮތުން މިރޭ މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ އެވެ.

ތާޖުއްދީން ސްކޫލުގެ ހޯލުގައި ބާއްވަން ހަމަޖެހިފައިވާ މި ބައްދަލުވުން އޮންނާނީ މިރޭ 08:30 ގަ އެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ ފަރުދީގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާއި ދާއިރާ ނުވަތަ އަވަށަށް ބޭނުންވާ ތަރައްގީއާއި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ އަށް ހިއްސާކުރުމެވެ. އަދި ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި އުފެދޭ ސުވާލާއި އެހެނިހެން ސުވާލުތައް ރައީސުލްޖުމްހޫރިއްޔާއާ ކުރެއްވައި އޭގެ ޖަވާބު ހޯއްދެވުމެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މި ބައްދަލުވުމަށް މާފަންނުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ދައުވަތު ދީފަ އެވެ.

މާލެ ސިޓީގެ އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ގޮތުން ރައީސް އެންމެ ފުރަތަމަ ޒިޔާރަތްކުރީ މި ވިލިނގިއްޔަށެވެ. އަދި އެއަށްފަހު މައްޗަންގޯޅީގައި ދިރިއުޅޭ ރައްޔިތުންނާ ވެސް ބައްދަލުކުރެއްވި އެވެ. މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ގަލޮޅު، ހެންވޭރު އަދި ހުޅުމާލެ ފޭސް-1 އާއި ފޭސް-2 ގައި ދިރިއުޅޭ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ބެލެވެ އެވެ.

މި ބައްދަލުވުންތަކުގައި ރައީސްގެ އަރިހަށް ރައްޔިތުން ހުށަހަޅާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ. ރައީސް ދަނީ އެ މައްސަލަ އެއްކޮށް ހައްލުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ.

މާލެ ސިޓީ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނެސްދެއްވުމުގެ ގޮތުން ރައީސްގެ އެންމެ ބޮޑު ތަސައްވުރަކީ ރަސްމާލެ ހިއްކައި އެތަނުން ގޯތި ދިނުމެވެ. އެގޮތުން ކުރިއަށް އޮތް ފަސް މަސްތެރޭ ރަސްމާލޭގައި ހިއްކޭ ބިމުން މާލެ ރައްޔިތުންނަށް 15،000 ގޯތި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރަސްމާލެ ހިއްކުން އަވަސްކުރުމުގެ ގޮތުން ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރެއިން ޑްރެޖަރެއް މި ހަފްތާގައި ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށައި އެ މަސައްކަތް ތިން ގުނަ ބާރު ކޮށްފަ އެވެ.

މީގެ އިތުރުން ހުޅުމާލޭގެ ފޭސް-3 ހިއްކުމުގެ މަސައްކަތް ވެސް ދަނީ ބާރުމިނުގައި ކުރިއަށެވެ. އެ ބިމުން ނިމިދިޔަ ސަރުކާރުން ދީފައިވާ ގޯތި ދެވޭނެ އެވެ. ރައީސް ވިދާޅުވީ އެ ބިން މިއަހަރުގެ ނިޔަލަށް ހިއްކައި ނިމޭނެ ކަމަށެވެ. ގިރާވަރުފަޅު ހިއްކަން ފަށާނީ ފޭސް-3 ހިއްކައި ނިމުނީމަ އެވެ. އެ ފަޅު ހިއްކައި ނިމޭނެ ކަމަށް ރައީސް ވިދާޅުވީ މާޗު މަހުގަ އެވެ.

މާލެ ސިޓީނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް
Ad
Ad

ގުޅޭ ޚަބަރުތައް

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

3 ދުވަސް ކުރިން - 19:32

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

44 ދުވަސް ކުރިން - 01:55

ޗާންދަނީ މަގުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ޗާންދަނީ މަގުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

47 ދުވަސް ކުރިން - 13:46

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

53 ދުވަސް ކުރިން - 12:41

މާލޭގެ ބޭރުތޮށި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަމަހު ފަށަނީ

ބޭރުތޮށި މަރާމާތު ކުރުމުގެ މަސައްކަތް އަންނަމަހު ފަށަނީ

95 ދުވަސް ކުރިން - 12:57

ފަރެސްމާތޮޑާ ބިންހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ފަރެސްމާތޮޑާގެ 3 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

109 ދުވަސް ކުރިން - 22:15

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%