ސަނީ އުމަރުގެ ބަންދަށް 30 ދުވަސް ޖަހައިފި

ހުސައިން އިސްމާއިލް | 2 ދުވަސް ކުރިން - 3 ޑިސެންބަރު 2025 16:34
ސަނީ އުމަރު: އޭނާގެ ބަންދަށް 30 ދުވަސް ވަނީ ޖަހައިފައި
ސަނީ އުމަރު: އޭނާގެ ބަންދަށް 30 ދުވަސް ވަނީ ޖަހައިފައި
ޚުލާސާ

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް ހަރަކާތްތެރިވި ހުސައިން ސަނީ އުމަރު 30 ދުވަހަށް ބަންދު ކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް ހަރަކާތްތެރިވި ގ. މާވަނި، ޙުސައިން ސަނީ އުމަރު 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފިއެވެ.

ސަނީ އަށް ތުހުމަތު ކުރަނީ އޭނާގެ އަނބިމީހާގެ ޢާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެޖިންސުގެ ކުދިން ހިމެނެއެވެ.

ހަލާލް ޓޫރިޒަމް ބްރޭންޑެއްގެ ދަށުން ޓްރެވެލް އެޖެންސީއަކާއި ޕީއާރު ފާމެއް ހިންގި ސަނީގެ މައްޗަށް ކުރެވޭ މި ތުހުމަތު ފުލުހުންނަށް ހުށަހެޅީ އެ ކުދިންގެ އާއިލާގެ ފަރާތުންނެވެ. މި މައްސަލަ ސޯޝަލް މީޑިއާގައި ވެސް ފެންމަތިވެފައިވެ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ދަ ޓްރެވެލް ގައިސް އިން ވަނީ ސަނީގެ ހިއްސާ އަތުލަން ނިންމައި، ކުންފުނީގެ ހިންގުމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ހާމަކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%