Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަސްތުވާތަކެތީގެ ބޮޑުންނަށް މަރުގެ އަދަބު ދިނުމަށް ފާސްކޮށްފި

މަސްތުވާތަކެތީގެ ބޮޑުންނަށް މަރުގެ އަދަބު ދިނުމަށް ފާސްކޮށްފި

ހުސައިން އިސްމާއިލް
189 ދުވަސް ކުރިން - 3 ޑިސެންބަރު 2025 12:01
ސުޕްރީމް ކޯޓު -މަސްތުވާތަކެތީގެ ބޮޑުންނަށް މަރުގެ އަދަބު އިއްވުމުގެ ބާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދިނުމަށް ފާސް ކޮށްފި
ސުޕްރީމް ކޯޓު -މަސްތުވާތަކެތީގެ ބޮޑުންނަށް މަރުގެ އަދަބު އިއްވުމުގެ ބާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދިނުމަށް ފާސް ކޮށްފި
ޚުލާސާ

ޓްރެފިކްކުރާ މަސްތުވާތަކެތީގައި 100 ގުރާމް ހަމަވާނަމަ ވެސް ސުޕްރީމް ކޯޓުގެ އިއްތިފާގުން މަރުގެ އަދަބު ދެވޭ ގޮތަށް ބިލް ފާސްކޮށްފި

މަސްތުވާތަކެތީގެ ބޮޑުންނަށް މަރުގެ އަދަބު ދިނުމަށް މެމްބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި އަދި ޖުޑިޝަރީ ކޮމިޓީން މުރާޖައާ ކުރެއްވި ބިލް 65 މެންބަރުންގެ އިއްތިފާގުން ފާސް ކޮށްފިއެވެ.

މީގެ ކުރިން މަސްތުވާތަކެތީގެ ބޮޑުމްމަށް ދޭ އެންމެ ބޮޑު އަދަބަކީ 25 އަހަރުގެ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އާ ގާނޫނުގައި ވަކި ތިން މައްސަލައެއްގައި މަރުގެ ހުކުމް އިއްވުމުގެ ހުއްދަ ދީފައިވީ ނަމަވެސް މި އަދަބު ދެވޭނީ ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ވާނަމައެވެ.

މަރުގެ އަދަބު ކަނޑައެޅުމަށް ފަނޑިޔާރުންނަށް ބާރު ދެނީ

Advertisement

Advertisement 1
  1. ޓްރެފިކް ކުރާ ކެނަބިސް ގައި (މަގުމަތީ ބަހުން ނަމަ ތެޔޮ) 350 ގްރާމް ހުރުން
  2. ޓްރެފިކް ކުރާ ޑައިމޯފިން (މަގުމަތީ ބަހުން ނަމަ ހަކުރު)ގައި 250 ގްރާމް ހުރުން
  3. ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާތަކެތީގައި 100 ގްރާމަށްވުރެ ގިނައިން ހުރުން (މި ލިސްޓުގައި ޕާޓީ ޑުރަގު އެކުލެވޭހެން ޖުމްލަ 139 ބާވަތެއް ހިމެނޭ. އޭގެތެރޭގައި ކޮކެއިން އާއި އަދި ރާއްޖޭގައި މިހާރު ޢާންމުވަމުންދާ ހުރިހާ ބާވަތެއް ވެސް ހިމެނޭ)

މަސްތުވާތަކެތީގެ ވަބާ ފޮހެލުމަށްޓަކައި ގެނައި މި އިސްލާހާއި އެކު ޕެރޯލް އާއި މައާފު ދިނުމުގެ ހުއްދަ އަދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު އިޢުތިރާފުގެ އެއްބަސްވުންތައް ނެހެދޭނެއެވެ.

މަސްތުވާތަކެތިމަރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެންޔާގެ ބޯޑިން ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 ދަރިވަރުން މަރުވެއްޖެ

ކެންޔާގެ ބޯޑިން ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 ދަރިވަރުން މަރުވެއްޖެ

13 ދުވަސް ކުރިން - 15:43

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސ. މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

17 ދުވަސް ކުރިން - 20:42

ތައިލެންޑުގައި ވަރުގަދަ އެކްސިޑެންޓެއް! ގިނަބަޔަކު މަރުވެ ޒަޚަމް ވެއްޖެ!

ބެންކޮކްގައި ވަރުގަދަ އެކްސިޑެންޓެއް! ގިނަބަޔަކު މަރުވެ ޒަޚަމް!

25 ދުވަސް ކުރިން - 15:48

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

26 ދުވަސް ކުރިން - 10:19

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އެމްޑީޕީގެ ނަޖުދާ ހައްޔަރުކޮށްފި

28 ދުވަސް ކުރިން - 16:32

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައ ދެމީހަކު 25އަހަރަށް ޖަލަށް!

28 ދުވަސް ކުރިން - 16:23