Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހުޅުމާލެ އިންޖީނުގޭގައި ހިނގި ހިތާމަވެރި ހާދިސާގައި އަނިޔާ ލިބުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް ފުރުވާލައިފި

ހުޅުމާލެ އިންޖީނުގޭގައި ހިނގި ހިތާމަވެރި ހާދިސާގައި އަނިޔާ ލިބުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް ފުރުވާލައިފި

އައިޝަތު ރުވާ ރިފްޢަތު
189 ދުވަސް ކުރިން - 1 ޑިސެންބަރު 2025 10:49
ސްޓެލްކޯގެ ހެޑް އޮފީސް---ފޮޓޯ: ޚުލާސާ
ސްޓެލްކޯގެ ހެޑް އޮފީސް---ފޮޓޯ: ޚުލާސާ
ޚުލާސާ

މުވައްޒަފުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އެންމެ އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލެ ހޮސްޕިޓަަލުގައި. އަދިއެއަށް ފަހު އޭޑީކޭ އަށް ބަދަލުކުރި.

ހުޅުމާލެ ބާ އިންޖީނުގޭގައި މިދިޔަ ހަފްތާގައި ހިނގި ހިތާމަވެރި ހާދިސާގައި އަނިޔާ ލިބުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާ ދިނުމަށްޓަކައި ތައިލަންޑުގެ ބެންކޮކަށް ފުރުވާލަިއިފި އެވެ.

ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހިނގި މި ހާދިސާގައި މުވައްޒަފުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ އޭނާ ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަަލަށެވެ. އަދި ފަހުން ވަނީ އޭޑީކޭ އަށް ބަދަލުކޮށްފަ އެވެ.

ހުޅުމާލޭގެ ބައު އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފް ވެ ބައެއް ސަރަހައްދުތަކުން ވަނީ އެދުވަހު ކަރަންޓުގެ ހިދުމަތް މެދުކެނޑިފަ އެވެ. މުވައްޒަފަށް އަނިޔާ ލިބުނީ މި ހާދިސާގައި ހައްލުކުރަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވެ އެވެ.

Advertisement

Advertisement 1

ހާދިސާ އަށް ފަހު ސްޓެލްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމަށާއި ދިވެހި ފުލުހުން ފަށާފައިވާ ތަހުގީގަށް ކުންފުނީގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުވައްޒަފު އިތުރު ފަރުވާ އަށް ބެންކޮކަށް ފުރުވާލާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި އަނިޔާ ލިބުނު މުވައްޒަފަށް އަވަސް ޝިފާއެއް ލިބި، ހެޔޮ ހާލުގައި ވަޒީފާ އަށް ނިކުމެވުމުގެ ތައުފީގު މިންވަރުކުރައްވާ ދުއާ ދަންނަވާފައިވެ އެވެ.

ސްޓެލްކޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި

16 ދުވަސް ކުރިން - 15:34

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

16 ދުވަސް ކުރިން - 12:41

ހޮނުއެޅުމުގެ ސަބަބުން ކަރަންޓު ނުލިބޭނަމަ ރިޕޯޓުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

"ކަރަންޓު މައްސަލަ އުޅޭނަމަ ރިޕޯޓުކުރައްވާ"

40 ދުވަސް ކުރިން - 08:39

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަލީ އަޒްވަރު އައްޔަނުކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަޒްވަރު އައްޔަނުކޮށްފި

41 ދުވަސް ކުރިން - 14:59

މަގު ކޮނުމުގައި ކޭބަލަކަށް ގެއްލުން ވުމުން އޭގައި ޓޭޕް އޮޅައި ސްޓެލްކޯއަށް ސިއްރުކޮށްފައިވޭ: ސްޓެލްކޯ

"ކޭބަލަކަށް ގެއްލުންވުމުން އޭގައި ޓޭޕް އޮޅައި ސިއްރުކޮށްފައިވޭ"

44 ދުވަސް ކުރިން - 00:18

ގޯތިތައް ހިތުހުރި ގޮތަކަށް ދޫކުރުމުގެ ނަތީޖާ: މަގުކޮންނަނިކޮށް ކޭބަލަކަށް ގެއްލުންވެ ދެވަނަ ފިޔަވަހިން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

މަގުކޮންނަނިކޮށް ކޭބަލަކަށް ގެއްލުންވެ އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

44 ދުވަސް ކުރިން - 16:02