ތޫފާން ދިތުވާގެ ސަބަބުން ބޯކޮށް ވާރޭވެހި މުޅި ލަންކާ ފެނުއަޑީގައި އޮތް އިރު މިހާތަނަށް 123 މީހަކު މަރުވެ، 130 އެއްހާ މީހުން ގެއްލިގެން ހޯދަން ފަށައިފި ކަމަށާއި އެތައް ހާސް އާއިލާއަކަށް ގެދޮރު ދޫކޮށް ދާން މަޖުބޫރުވެއްޖެއެވެ.
ލަންކާގެ ޙާލަތު ވަރަށް ގޯހެވެ. ސްކޫލްތަކާއި ބޮޑެތި ޢިމާރާތްތައް ހިމެނޭ ގޮތަށް ވަގުތީ ހިޔާތަކުގައި މިހާރު 44،000 އެއްހާ މީހުން ދިރިއުޅެމުން އެބަދެއެވެ. ދިހަހާސް ގެއަށް ވަނީ ގެއްލުން ލިބި ހަލާކުވެފައެވެ. އަދި މަގުތަކާއި ބްރިޖްތައް ވެސް ވަނީ ބަންދުކޮށްފައެވެ.
ދިވެހި ރައްޔިތުންގެ ފަރާތުން ފައިސާ އާއި ކާނާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، އިންޑިއާ އިން ވެސް ވަނީ ލަންކާ އަށް އެހީތެރިވެދީފައެވެ.






