Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހޮންގ ކޮންގ އަލިފާން މިއަދު ނިއްވާލައިފި، 94 މީހުން މަރުވި!

ހޮންގ ކޮންގ އަލިފާން މިއަދު ނިއްވާލައިފި، 94 މީހުން މަރުވި!

ޢަބްދުﷲ ޖުނައިދު
240 ދުވަސް ކުރިން - 28 ނޮވެންބަރު 2025 12:01
ހޮންގ ކޮންގ ގެ ވޭންގް ފުކް ޓަވަރުތަކުގައިރޯވި އަލިފާން މިއަދު ނިއްވާލާފައި
ހޮންގ ކޮންގ ގެ ވޭންގް ފުކް ޓަވަރުތަކުގައިރޯވި އަލިފާން މިއަދު ނިއްވާލާފައި
ޚުލާސާ

ރޯވި ޓަވަރު ތަކަކީ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ބޯހިޔާވަހިކަމުގެ އިމާރާތްތަކެއް. އެ ސަރަޙައްދުގައި 32 ފަންގިފިލާގެ ޖުމްލަ އަށް ޓަވަރު ހުރޭ

ހޮންގ ކޮންގުގެ ޓައި ޕޯގައި ހުންނަ ވޭންގް ފުކް ޓަވަރުތަކުގައި ރޯވި އަލިފާންގަނޑު މިއަދު ނިއްވާލައިފިއެވެ. އަލިފާން އެއްކޮށް ނިއްވައިލެވުނުއިރު މަރުވި މީހުންގެ ޢަދަދު ވަނީ 94 އަށް އަރާފައެވެ.

ވޭންގ ފުކް ކޯޓަކީ ހޮންގ ކޮންގގެ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ބޯހިޔާވަހިކަމުގެ އިމާރާތްތަކެކެވެ. އެ ސަރަޙައްދުގައި 32 ފަންގިފިލާގެ ޖުމްލަ އަށް ޓަވަރު ހުންނައިރު، ގާތްގަނޑަކަށް 2،000 އެޕާޓްމަންޓުގައި 4000 އާއި 7000 އާއި ދޭތެރޭގެ ޢަދަދަކަށް މީހުން ދިރިއުޅެއެވެ. އޭގެ ތެރެއިން ތިންބައި ކުޅަ އެއްބައި މީހުންނަކީ ދޮށި ޢުމުރުގެ މީހުންނެވެ.

Advertisement

Advertisement 1

މި ޓަވަރުތަކުގައި ރޯވި މައްސަލައިގައި ހޮންގ ކޮންގގެ ފުލުހުން ވަނީ ވޭންގ ފުކް ކޯޓުގެ ޓަވަރުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ކުންފުނީގެ ދެ ޑިރެކްޓަރުންނާއި އިންޖިނިއަރިންގ ކޮންސަލްޓަންޓް ވެސް ހައްޔަރުކޮށްފައެވެ.

.ފުލުހުން ބުނީ އަލިފާންގަނޑު ރޯވެ ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރުމުގައި މަރާމާތުގެ މަސައްކަތް ކުރަމުންދިޔަ ކުންފުނީގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށް ބެލެވޭ ކަމަށެވެ. އެ ގޮތުން އިމާރާތްތަކުގެ މަރާމާތަށް އެ ޓަވަރުތަކުގެ ބޭރުގައި ޖަހާފައިވާ ދަލާއި ބޭނުންކޮށްފައިވާ އެހެން ސާމާނަކީ ޤަވާއިދުގައިވާ ގޮތުގެ މަތިން އަލިފާން ނުހިފާ ފަދަ ތަކެތި ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ކަން ތަހުޤީޤުކުރަމުންދާ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

މި އަލިފާނުގެ ހާދިޘާއަކީ 1962ވަނަ އަހަރުން ފެށިގެން ހޮންގ ކޮންގުގައި ހިނގާފައިވާ އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި އަލިފާނުގެ ހާދިޘާއެވެ. ހޮންގ ކޮންގުގައި ހިނގާފައިވާ އަލިފާނުގެ ހާދިޘާއަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައި ވަނީ 1918ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިޘާއެއްގައެވެ. އެ ހާދިޘާގައި 600އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

އަލިފާންހޮންގ ކޮންގ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ބެންކޮކްގެ ބާއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 27 މީހުން މަރުވެއްޖެ

ބެންކޮކްގެ ބާއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 27 މީހުން މަރުވެއްޖެ

13 ދުވަސް ކުރިން - 11:43

ސްޕެއިންގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 11 މީހުން މަރުވެ 19 މީހުން ގެއްލިއްޖެ

ސްޕެއިންގައި ރޯވި އަލިފާނުގެ ހާދިސާއެއްގައި 11 މީހަކު މަރުވެއްޖެ

16 ދުވަސް ކުރިން - 17:24

ފުންފަޅުގޭ އަލިފާނުގެ ހާދިސާ: އިންސާނީ އެހީއަށް 95000 ރުފިޔާ ހަރަދުކޮށްފި

ފުންފަޅުގޭ އަލިފާނުގެ ހާދިސާ: މިހާތަނަށް 95000 ރުފިޔާ ހަރަދުކޮށްފި

19 ދުވަސް ކުރިން - 11:38

ހުޅުމާލޭގެ އެޕާޓްމެންޓެއް ރޯވެ 5 މީހަކަށް އަނިޔާ ވެއްޖެ

ހުޅުމާލޭގެ އެޕާޓްމެންޓެއް ރޯވެ 5 މީހަކަށް އަނިޔާ ވެއްޖެ

24 ދުވަސް ކުރިން - 10:04

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

52 ދުވަސް ކުރިން - 23:06

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

53 ދުވަސް ކުރިން - 18:30

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%