އިތިއޯޕިއާގެ އުތުރުގެ އަފާރު ސަރަޙައްދުގައި ހުންނަ ހޭލީ ގުއްބި ނަމަކަށް ކިޔާ އަލިފާން ފަރުބަދަ ތާރީޚުގައި ފުރަތަމަ ފަހަރަށް ގޮވައި، އެއިން އެރި ދުމާއި ގޭހާއި އަޅި ރަތް ކަނޑު ހުރަސްކޮށް ޔަމަނާއި އޮމާނާއި އިންޑިއާގެ ބައެއް ނިސާބުތަކާއި ހަމަޔަށް އަސަރު ކޮށްފިއެވެ.
މިއީ ފާއިތުވި 12000 އަހަރު ތެރޭގައި މި ފަރުބަދަ ގޮވި ފުރަތަމަ ފަހަރެވެ. ފަރުބަދަ ގޮވި ވަގުތު 14 ކިލޯމީޓަރާއި ހަމައަށް މައްޗަށް އަލިފާންގަނޑު އުފުލުނު ކަމުގައި ވިޔަސް ދިޔާ އަލިފާން ފޭބުމުގެ ބިރުވެރިކަމެއް ނެތް ކަމަށް ސައެންސްވެރިންނާއި ޙަވާލާދީ ބައެއް ޚަބަރުތައް ބުނެއެވެ.
މި ފަރުބަދަ ގޮވުމުގެ ސަބަބުން އެ ސަރަޙައްދުގައި ވަނީ ބަރަށް ބޮޑަށް ދުން ފެތުރިފައެވެ.








