Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދެ ފެކްޝަނުގެ ކުރިމަތިލުން: އަލީ އާޒިމްގެ ކެމްޕެއިން ފަށައިފި

ދެ ފެކްޝަނުގެ ކުރިމަތިލުން: އަލީ އާޒިމްގެ ކެމްޕެއިން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
242 ދުވަސް ކުރިން - 21 ނޮވެންބަރު 2025 08:42
އަލީ އާޒިމް އޭނާގެ ސަޕޯޓަރަކާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ފޮޓޯ ސޯޝަލް މީޑިއާ
އަލީ އާޒިމް އޭނާގެ ސަޕޯޓަރަކާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: ފޮޓޯ ސޯޝަލް މީޑިއާ
ޚުލާސާ

އާޓިފިޝަލް ބީޗުގައި އޮތް މި ޖަލްސާގައި 150 އެއްހާ މީހުން ބައިވެރިވެފައިވޭ. އަލީ އާޒިމް އަކީ އަންނިގެ ފެކްޝަން. އިބޫގެ ފެކްޝަނުން ނިކުންނަކީ އާދަމް އާޒިމް.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިން އަލީ އާޒިމް ރަސްމީކޮށް ފަށައިފި އެވެ. އޭނާގެ ކެމްޕެއިން ފެށުމަށްޓަކައި އާޓިފިޝަލް ބީޗުގައި ބުރާސްފަތި ދުވަހުގެ ރޭ ވަނީ ޖަލްސާއެއް ބާއްވާފަ އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރުކަން ތިން ފަހަރެއްގެ މަތިން ކުރެއްވި އަލީ އާޒިމް ގެ ކެމްޕެއިން ލޯންޗިން ޖަލްސާއަށް އެމްޑީޕީ ދޫކޮށް ޑިމޮކްރަޓްސް އަށް ދިޔަ، އަދި ފަހުން އެމްޑީޕީއާ ގުޅުނު މުހައްމަދު ނަޝީދު (އަންނި) ފަޅީގެ ބައެއް މެންބަރުން މި ޖަލްސާގައި ބައިވެރިވެފައިވާއިރު ނިމިދިޔަ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު ވެސް މި ޖަލްސާގައި ބައިވެރިވެފައިވެ އެވެ. އަމީރު އާއި އިބްރާހިމް ސޯލިހު ފެކްޝަނާ ހިޔާލު ތަފާތުވުންތަކެއް ހުރި ކަމަށް އަޑުތަކެއް ވަނީ މީގެ ކުރިންވެސް އަރާފަ އެވެ.

މި ޖަލްސާގައި އަންނި ބައިވެރިވެފައެއް ނުވެ އެވެ. ޚުލާސާ އަށް މައުލޫމާތު ލިބުނު ގޮތުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ހުންނެވީ އަލީ އާޒިމް ފަޅީގަ އެވެ. ނަމަވެސް ރޭގެ އިވެންޓުގައި ފައްޔާޒް ވެސް ބައިވެރިވެފައެއް ނުވެ އެވެ. އަދި މީގެ އިތުރުން އަންނިގެ އެންމެ ވަފާތެރި 19 ވަނަ މަޖިލީހުގެ ނައިބު ރައީސްކަން ކޮށްފައިވާ އީވާ އަބްދުﷲ ވެސް ރޭގެ ޖަލްސާ އަކުން ނުފެނެ އެވެ. ސަރުކާރު ބަދަލުވިފަހުން އެކަމަނާ އަދި ހުންނަވަނީ ވަރަށް "ސައިލަންޓް" ކޮށެވެ. އެމްޑީޕީ ދެކެ ފޫހިވީ ކަމަށް ވުން އެކަށީގެންވެ އެވެ.

Advertisement

Advertisement 1

ރޭގަ ޖަލްސާއަށް 150 ވަރަކަށް މީހުން ބައިވެރިވެފައިވާއިރު އަލީ އާޒިމް ވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން، ދެ ތިން ކާނުގަނޑު ސާފުކުރުމާއި ގަހެއް އިންދާލުމާއި ގަބުރުސްތާނު ކޮނުމަކީ މާލެ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"މާލޭގެ މީހުންނަށް ހައްގު މިންވަރަކީ ދެތިން ކާނު ސާފުކޮށްލުމާއި، މި ތަނުގައި ގަހެއް ޖަހާލުމާއި، ތިނެއް ނޮވެމްބަރުގައި ޝަހީދުވި ބައެއް ޝަހީދުން އެތަނެއްގައި ވަޅުލާފައިވަނިކޮށް ގެންގޮސް ތަނަކަށް އުކާލުމާއި؛ ތީގެ ތެރެއިން ބައެއް ބޭފުޅުންގެ މަންމާއިން ބައްޕާއިން ބޭބެއިން ފަހަރުގައި ދަރިން ބޮޑުބޭބެއިން އެމީހުން ގެންގޮސް ތަނަކަށް އުކާލާފައި އެތަނުގައި އަޅުގަނޑުމެން ކައިރީގައި ބުނަނީ ގޮސް ކުޅެލަ މަޖާކޮށްލާ ހީލާ އެތާ ފުޓްބޯޅަ ކުޅެލާ... އެއީ މާލެ މީހުންނަށް ހައްގު މިންވަރު ކަމުގައި ބުނެދޭން ބަޔަކު މަސައްކަތް ފެށީމާ އަޅުގަނޑުމެން އެބަ ނިކުންނަން ޖެހޭ." އާޒިމް ވިދާޅުވި އެވެ.

އަލީ އާޒިމްގެ ކެމްޕެއިން ފަށާފައިވާއިރު އާދަމް އާޒިމްގެ ކެމްޕެއިންވެސް ވަރަށް ފުޅާ ދާއިރާއެއްގައި އެކްޓިވިސްޓުން ދަނީ ސޯޝަލް މީޑީއާގައި ކުރަމުންނެވެ. މި ކެމްޕެއިންތަކޔގެ ފަހަތުގައި މިވަނީ އަނެއްކާވެސް އަންނި އާއި އިބޫގެ ކުރިމަތިލުން ނުވަތަ ފައްޔާޒު އާއި އިބޫގެ ކުރިމަތިލުމެވެ. 2028 ގައި އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ތެރޭގައި އެންމެ މަގުބޫލު ފަޅިއަކީ ކޮން ފަޅިއެއްކަން މި އިންތިހާބުން ސާފުވެގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެމްޑީޕީމާލެ ސިޓީ ކައުންސިލްއަލީ އާޒިމް
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ާުސަޕޯރޓަރ

242 ދުވަސް ކުރިން - 14:58

ޢެއި ހޯސްޓެއް ނޫންތަ

ގުޅޭ ޚަބަރުތައް

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

3 ދުވަސް ކުރިން - 05:40

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

30 ދުވަސް ކުރިން - 12:01

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

35 ދުވަސް ކުރިން - 10:24

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

37 ދުވަސް ކުރިން - 00:49

ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން: ރައީސް

"ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން"

37 ދުވަސް ކުރިން - 00:13

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

45 ދުވަސް ކުރިން - 19:55