Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސަރުކާރުގެ ޓެކްސީ ލައިން ފަށަން 407 ޑްރައިވަރުން ހޯދަނީ

ސަރުކާރުގެ ޓެކްސީ ލައިން ފަށަން 407 ޑްރައިވަރުން ހޯދަނީ

މުހައްމަދު ޖަމްޝަތު
196 ދުވަސް ކުރިން - 19 ނޮވެންބަރު 2025 14:34
މާލޭގެ މަގުމަތީގައި ޓެކްސީތަކެއް، ސަރުކާރުގެ ޓެކްސީ ލައިންއަށް ޑްރައިވަރުން ހޯދަން ވަނީ އިއުލާނުކޮށްފައި---ފޮޓޯ:ޚުލާސާ
މާލޭގެ މަގުމަތީގައި ޓެކްސީތަކެއް، ސަރުކާރުގެ ޓެކްސީ ލައިންއަށް ޑްރައިވަރުން ހޯދަން ވަނީ އިއުލާނުކޮށްފައި---ފޮޓޯ:ޚުލާސާ
ޚުލާސާ

ހޯދަން އިއުލާނުކޮށްފައިވަނީ ޕާޓް ޓައިމް 122 ޑްރައިވަރުންނާއި ފުލްޓައިމް 285 ޑްރައިވަރުން

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ޑްރައިވަރުން ހޯދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން އިއުލާނުކޮށްފި އެވެ.

އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ފެށުމަށް ތައްޔާރުވަމުން އަންނަ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދެވޭ ގޮތަށެވެ. ޓެކްސްީ ލައިންގެ ހިދުމަތް 24 ގަޑިއިރު ދޭން ވަނީ ނިންމާފަ އެވެ.

އެމްޓީސީސީން ކުރި އިއުލާނެއްގައިވާ ގޮތުން 407 ޑްރައިވަރުން އެ ހިދުމަތަށް ބޭނުންވެ އެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ.

Advertisement

Advertisement 1

އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އެމްޓީސީސިން ބުނީ މާލޭ ޓެކްސީ ހިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ޑްރައިވަރުން ނެގުމުގައި މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުން ހޯދަން އިއުލާނުކުރިޔަސް އެ ހިދުމަތް ފަށާނެ ސީދާ ތާރީހެއް އަދިވެސް ނޭނގެ އެވެ. ޓެކްސީ ލައިނުގެ ހިދުމަތް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވިޔަސް އެ ހިދުމަތް ފެށުން ވަނީ ލަސްވެފަ އެވެ.

ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ނުކުންނަން ނިންމީ މިހާރު ވެސް ޓެކްސީގެ ހިދުމަތަށް 1،500 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި އޮންނައިރު އެ މީހަކު ބޭނުންވާ ވަގުތެއްގައި ނުކުމެ، ބޭނުންވާ ތަނަކަށް އެކަނި ދަތުރު ނެގުމުގެ މައްސަލައާ ހެދި އާއްމުންނަށް ކުރިމަތިވާ އުނދަގޫތަކާ ހެދި އެވެ.

ކުރިން މިނިސްޓަރު އަމީން ވިދާޅުވީ އެންމެ ފުރަތަމަ ހިދުމަތަށް ނެރޭނީ 100 އުޅަނދު ކަމަށާއި އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި އެ ޓެކްސީތަކުގެ ތެރޭގައި ހަނި ގޯޅިތަކަށް ވަދެވޭ ޓެކްސީ ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.

ޓެކްސީ ލައިނުގައި ބޭނުންކުރާ ވެހިކަލްތައް ޕާކުކުރުމަށް ހުޅުމާލެއިން ތިން ބިމެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ކުރިން އިއުލާނުކޮށްފައިވާ ގޮތުން ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހިދުމަތް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލަކުގައި ފަށާނެ އެވެ.

އެ ހިދުމަތް ހދ. ކުޅުދުއްފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު ތައާރަފްކުރަން ރާވާފައިވެ އެވެ.

ޓެކްސީއެމްޓީސީސީޓްރާންސްޕޯޓްޓްރާންސްޕޯޓް މިނިސްޓްރީ (އުވާލެވިފައި)

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

17 ގަޑިއިރު ކުރިން - 17:03

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

1 ދުވަސް ކުރިން - 07:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

2 ދުވަސް ކުރިން - 20:41

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

3 ދުވަސް ކުރިން - 15:02

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާކަން އެމްޓީސީސީން ހަނދުމަކޮށްދީފި

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާ

9 ދުވަސް ކުރިން - 22:02

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ %68 މަސައްކަތް ނިމިއްޖެ

17 ދުވަސް ކުރިން - 15:36