Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމުން އެމްއެންއޭސީއައިގެ ޝުކުރު ރައީސް އަށް

އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމުން އެމްއެންއޭސީއައިގެ ޝުކުރު ރައީސް އަށް

އައިޝަތު ރުވާ ރިފްޢަތު
246 ދުވަސް ކުރިން - 12 ނޮވެންބަރު 2025 00:07
އީ-ވިސާ އާއި އިމިގްރޭޝަނުގެ އޮންލައިން އެޕްލިކޭޝަން ރައީސުލްޖުމްހޫރިއްޔާ ތައާރަފްކުރަނީ---ފޮޓޯ: ރައީސް އޮފީސް
އީ-ވިސާ އާއި އިމިގްރޭޝަނުގެ އޮންލައިން އެޕްލިކޭޝަން ރައީސުލްޖުމްހޫރިއްޔާ ތައާރަފްކުރަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ހިދުމަތް ޑިޖިޓަލައިޒް ކުރެވުމަކީ އެ ދާއިރާގެ މަސައްކަތްތަކަށާއި ހިންގުމުގެ ދާއިރާއާއި ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ލިބުނު ފަސޭހައެއް ކަމުގައި އެ އެސޯސިއޭޝަނުން ދެކޭ.

މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމުން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ރައީސް ޑރ. މުޢިއްޒަށް ޝުކުރު އަދާކޮށްފި އެވެ.

އެމްއެންއޭސީއައި އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ހާއްސަ އިސްކަމެއް ދެއްވާ "މޯލްޑިވްސް 2.0" ގައުމީ ސިޔާސަތުގެ ދަށުން އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމާއެކު އީ-ވިސާގެ ހިދުމަތްތައް ތައާރަފް ކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ދެނެގަނެވޭނެ އެޕްލިކޭޝަނެއް ލޯންޗު ކުރުމަކީ އެ ދާއިރާގެ މަސައްކަތްތަކަށާއި، ހިންގުމުގެ ދާއިރާއާއި، ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

Advertisement

Advertisement 1

މިފަދަ ހިދުމަތެއް ޑިޖިޓަލައިޒް ކުރެވުމަކީ ދިވެހިރާއްޖެ ކަހަލަ ޖަޒީރާ ގައުމަކަށް ނުހަނު ބޭނުންތެރި އަދި ކޮންމެހެން ބޭނުންވެފައިވާ ހިދުމަތެއް ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެ އެވެ.

ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަހްމަދު ފަސީހާއި އެ އޮފީހުގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރަނީ އެ މަސައްކަތުގައި ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ދިނުމުގެ ޔަގީންކަމާ އެކުގައި ކަމަށް އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަދި އިމިގްރޭޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމާއެކު ކޮންސްޓްރަކްޝަން ދާއިރާ އަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ފަސޭހަވެ އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

އިމިގްރޭޗަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް އީ-ވިސާ އާއި އިމިގްރޭޝަނުގެ އޮންލައިން އެޕްލިކޭޝަން ތައާރަފްކޮށްފައިވަނީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިއްޔެގެ ވަގުތެއްގަ އެވެ.

ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް
Ad
Ad

ގުޅޭ ޚަބަރުތައް

ރާއްޖޭގައި އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރުމަށް ސޮއިކޮށްފި

އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ޤާއިމުކުރަނީ

162 ދުވަސް ކުރިން - 20:08

މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެ: ރައީސް

މިސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެ: ރައީސް

218 ދުވަސް ކުރިން - 06:16

ޑިޖިޓަލައިޒް ކުރިޔަސް އީ-ވޯޓިން ނުގެންނާނެ

ޑިޖިޓަލައިޒް ކުރިޔަސް އީ-ވޯޓިން ނުގެންނާނެ

423 ދުވަސް ކުރިން - 12:32

ޑިޖިޓަލް ސަމިޓު އަހަރަކު އެއްފަހަރު ބާއްވަނީ

ޑިޖިޓަލް ސަމިޓު އަހަރަކު އެއްފަހަރު ބާއްވަނީ

430 ދުވަސް ކުރިން - 10:18

ޤައުމީ ޑިޖިޓަލް އިޤްރާރު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤައުމީ ޑިޖިޓަލް އިޤްރާރު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

430 ދުވަސް ކުރިން - 10:03

ރާއްޖޭގެ ޑިޖިޓަލް މުސްތަޤްބަލް “ކުރަހާލައިފި”

ރާއްޖޭގެ ޑިޖިޓަލް މުސްތަޤްބަލް “ކުރަހާލައިފި”

430 ދުވަސް ކުރިން - 08:57

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%