ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޝަހީމް ސައުދީއަށް ވަޑައިގެންފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 22 ދުވަސް ކުރިން - 8 ނޮވެންބަރު 2025 12:37
މިނިސްޓަރު ޝަހީމް. މިނިސްޓަރުގެ މި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ބާއްވާ ފަސްވަަނަ ހައްޖު އެންޑް އުމްރާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ--- ފޮޓޯ: އިންޓަނެޓް
މިނިސްޓަރު ޝަހީމް. މިނިސްޓަރުގެ މި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ބާއްވާ ފަސްވަަނަ ހައްޖު އެންޑް އުމްރާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

މިނިސްޓަރުގެ މި ދަތުރުފުޅަކީ ސައުދީގެ ހައްޖާއި އުމްރާއާއި ބެހޭ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމުން މި ދަތުރުފުޅުގައި ހައްޖާއި އުމްރާއާއި ބެހޭ ވަޒީރާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވައިފިއެވެ.

މިނިސްޓަރު ޝަހީމްގެ މި ދަތުރުފުޅުކީ ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާ އާއި ބެހޭ ވަޒީރު ޑރ. ތައުފީގު ބިން ފައުޒާން އަލްރާބިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރު ޝަހީމްގެ މި ދަތުރުފުޅުގައި، އެ ގައުމުގެ ހައްޖާއި އުމްރާ އާއި ބެހޭ ވަޒީރާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ސަރުކާރާއި ސައުދީ ސަރުކާރާއި ދެމެދު 1447 ވަނަ އަހަރުގެ ހައްޖު އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގެ ތެރެއިން މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާރމަން ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާ އާއި ބައްދަލުކުރައްވައި، މައްކާ ރޫޓު އިނީޝިއޭޓިވް އާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ހައްޖު މިނިސްޓަރުންގެ ކޮންފަރެންސްގެ އިތުރުން ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ބާއްވާ ފަސްވަަނަ ހައްޖު އެންޑް އުމްރާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައިވެސް މިނިސްޓަރު ބައިވެރިވެވަޑައިންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%