އިމިގްރޭޝަނުގެ ވޯކް-އިން އިންޓަވިއު، 500 އަށްވުރެ ގިނަ މީހުން ބައިވެރިވި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 28 ދުވަސް ކުރިން - 2 ނޮވެންބަރު 2025 12:13
އިމިގްރޭޝަނުގެ އިންޓަވިއުއެއްގެ ތެރެއިން. އިމިގްރޭޝަނުގެ 70 އޮފިސަރުން ނެގުމަށް ބޭއްވި ވޯކް-އިން އިންޓަވިއުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވޭ--- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
އިމިގްރޭޝަނުގެ އިންޓަވިއުއެއްގެ ތެރެއިން. އިމިގްރޭޝަނުގެ 70 އޮފިސަރުން ނެގުމަށް ބޭއްވި ވޯކް-އިން އިންޓަވިއުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވޭ--- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
ޚުލާސާ

އިމިގްރޭޝަނުގެ މިފަދަ ވޯކް-އިން އިންޓަވިއުތަކަށް އަބަދުވެސް ތަރުހީބު ލިބޭ، އޮތުން މި ފަހަރު 500 ކުދިން ވަނީ މި އިންޓަވިއުގައި ބައިވެރިވެފައި

އިމިގްރޭޝަނުން އިއްޔެ ބޭއްވި ވޯކް-އިން އިންޓަވިއުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަަމަށް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އިމިގްރޭޝަނުގެ 70 އޮފިސަރުން ނެގުމަށް ބޭއްވި ވޯކް-އިން އިންޓަވިއުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ. މި ވޯކް-އިން އިންޓަވިއު ކުރިއަށް ގޮސްފައިވަނީ އިއްޔެ ހެނދުނު 08:30 އިން ފެށިގެން ހަވީރު 04:30 އާއި ހަމައަށް ސަލާހުއްދީން ސްކޫލްގަ އެވެ.

އިމިގްރޭޝަނުން މި ފުރުސަތު ހުޅުވާލީ އުމުރުން 30 އަހަރުން ދަށުގެ ޒުވާނުންނަށެވެ. އިމިގްރޭޝަނުގެ މި ވަޒީފާތަކުގެ އަސާސީ މުސާރައިގެ ގޮތުގައި 6،500 ރުފިޔާ ލިބޭއިރު ސާވިސް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،500 ރުފިޔާ އެވެ. މީގެ އިތުރުން ބޭސިކް ތަމްރީނު ފުރިހަމަ ކުރުމުން، ސްޕެޝަލް ސާވިސް އެލެވެންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ ލިބޭނެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އިމިގްރޭޝަނުގެ ވަޒީފާއަށް މުވައްޒަފުން ނެގުމަށް އެންމެ ފަހުން މިގޮތަށް ވޯކް-އިން އިންޓަވިއުއެއް ބޭއްވީ، މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ފަހަރު އިމިގްރޭޝަނުން ވަޒީފާގެ 50 ފުރުސަތަށް ހުޅުވާލި އިރު، އިންޓަވިއުގައި 876 މީހުން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

މި ފަހަރު އިމިގްރޭޝަނުގެ ވަޒީފާއަށް ކުދިން ނެގުމަށް ހަމަޖެހިފައިވަނީ މާލޭ ސަރަހައްދުގައި ހުންނަ އިމިގްރޭޝަންގެ އެކި އޮފީސްތަކުގައި މަސައްކަތް ކުރެވޭ ގޮތަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%