Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި, އެއާޕޯޓުން ހޫނު މަރުހަބާއެއް!

އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި, އެއާޕޯޓުން ހޫނު މަރުހަބާއެއް!

މުހައްމަދު ޖަމްޝަތު
270 ދުވަސް ކުރިން - 24 އޮކްޓޫބަރު 2025 13:24
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް މަރުހަބާ ދެންނެވުމަށް ވީައިއޭގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން---ފޮޓޯ:އެފްއޭއެމް
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް މަރުހަބާ ދެންނެވުމަށް ވީައިއޭގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން---ފޮޓޯ:އެފްއޭއެމް
ޚުލާސާ

މިއީ ފާއިތުވެދިޔަ 19 އަހަރު ތެރޭގައި ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރު

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެ ވައިޑައިގެންފި އެވެ.

ގަތަރު އެއާވޭޒްގެ ޕްރައިޓް ޖެޓެއްގައި ސްވިޒަލެންޑުގެ ޒިއުރިކުން ސީދާ ރާއްޖެ ވަޑައިގެންނެވި އިންފަންޓީނޯ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހިމް އާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސްގެ ރައީސް އަހުމަދު ތާރިގް (ޓޮމް) އާއި ފީފާގެ ރީޖަނަލް އޮފީސްގެ ހެޑް ޕްރިންސް ރޫފަސްގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންފަންޓީނޯ އަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސަގާފީ އައިޓަމްތަކެވެސް ވަނީ ހުށަހަޅާދީފަ އެވެ. އެއާޕޯޓުގެ ވީއައިޕީ ލޯންޖު ކުރިމަތީގައި ބޭއްވި މި ހަރަކާތްތަކުގައި އެފްއޭއެމްގެ އެކްސްކޯ މެމްބަރުންނާއި، ކްލަބްތަކުގެ އިސްވެރިންނާއި، ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު އިންފަންޓީނޯ އެތަނަށް ނުކުތުމުން ރާއްޖޭގެ އެކަޑަމީތަކުގެ ކުޅުންތެރިންވެސް އިންފަންޓީނޯ އަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވި އެވެ.ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް މަރުހަބާ ދެންނެވުމަށް ވީައިއޭގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން---ފޮޓޯ:އެފްއޭއެމް

Advertisement

Advertisement 1

އިންފަންޓީނޯގެ މި ދަތުރުފުޅަކީ އެފްއޭއެމްގެ ރައީސް ތާރިގް (ޓޮމް)ގެ ދައުވަތަކަށް ކުރައްވާ އެއްދުވަހު ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ މި ދަތުރުގައި އެންމެ މުހިއްމު ކަމަކަށް އޮތީ، މިއަދު ރައީސް އޮފީހުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު އިންފަންޓީނޯ ބާއްވަވާ ބައްދަލުކުރެއްވުމެވެ. މި މަޝްވަރާގައި ދެ ބޭފުޅުން، ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުން ވާހަކަދައްކަވާނެ އެވެ.

މިއީ މިދިޔަ 19 އަހަރުތެރޭގައި ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަތް ފުރަތަމަ ފަހަރެވެ. މި ޒިޔާރަތުގައި އިންފަންޓީނޯ ރާއްޖޭގެ ކުލަބުތަކުގެ ވެރިންނާވެސް ބައްދަލުކުރައްވާނެއެވެ. އިންފަންޓީނޯގެ މި ދަތުރުފުޅު ވެގެންދާނީ ރާއްޖޭގެ ފުޓުބޯޅައަށް އަލުން ދިރުން ގެނެސް ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ހިއްވަރަކަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައަށް އަލުން ރޫހު ގެނެސް އެފްއޭއެމްގެ ހިންގުން ހަރުދަނާވެ ކުލަބުތަކުގެ މާލީ ނިޒާމާއި ކުޅުންތެރިންނަށް ލިބެންޖެހޭ ހައްގުތައް އަލުން ހޯދައިދީ ފުޓުބޯޅައިގެ ތެރޭގައި ހުނަރުވެރި ކުޅުންތެރިން ހިފެހެއްޓުމަށް ކުރާ މަސައްކަތަށްވެސް އިތުރު ބާރަކަށެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް މަރުހަބާ ދެންނެވުމަށް ވީައިއޭގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން---ފޮޓޯ:އެފްއޭއެމް

އިންފަންޓީނޯގެ ދަތުރުފުޅާ ގުޅިގެން ބާއްވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ފުޓްބޯޅަ އެގްޒިބިޝަނެއް ބާއްވަން ވަނީ ރާވައިފަ އެވެ. މި އެގްޒިބިޝަނުގައި ރައީސް ޑރ. މުއިއްޒުގެ ޓީމަކާއި، އިންފަންޓީނޯގެ ޓީމަކުން މެޗެއް ވެސް ކުޅޭނެ އެވެ. އިންފަންޓީނޯގެ ޓީމުގައި އޭނާގެ އިތުރުން އިޓަލީގެ ވޯލްޑް ކަޕް ތަރި މާކޯ މަޓެރާޒީ އާއި އެފްއޭއެމްގެ ރައީސް ޓޮމް އާއި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ބައެއް ކުޅުންތެރިން ހިމެނެ އެވެ.

ފީފާފުޓްބޯޅައެފްއޭއެމްމެންބަރު އަހްމަދު ތާރިގް - އެފްއޭއެމް ރައީސް(ކުރީގެ މިނިސްޓަރު) ތާރިގް އިބްރާހިމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖަހާ ގޯލްތައް ދެގުނަ އިތުރު

މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖަހާ ގޯލްތައް ދެގުނަ އިތުރު

2 ދުވަސް ކުރިން - 12:58

ތިންވަނަ ޑިވިޝަންގައި އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސް ކުލަބުގެ ކަންބޮޑުވުން

އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި

8 ދުވަސް ކުރިން - 19:15

ވޯލްޑް ކަޕްގައި ދޭ ހައިޑްރޭޝަން ބްރޭކްތަކުގެ ސަބަބުން ބޮޑު ބަހުސެއް އުފެދިއްޖެ

ހައިޑްރޭޝަން ބްރޭކްތަކުގެ ސަބަބުން ބޮޑު ބަހުސެއް އުފެދިއްޖެ

22 ދުވަސް ކުރިން - 10:18

ވޯލްޑް ކަޕް ދަތުރުފަތުރުގެ ހުރަސްތަކާ ގުޅިގެން އީރާނުން ފީފާއަށް ޝަކުވާ ހުށަހަޅަނީ

ވޯލްޑް ކަޕް ދަތުރުފަތުރުގެ ހުރަސްތަކާ ގުޅިގެން އީރާނުން ފީފާއަށް ޝަކުވާ ހުށަހަޅަނީ

32 ދުވަސް ކުރިން - 16:03

އެމެރިކާއިން އީރާނަށް ވިސާ ދިނީ މެކްސިކޯގައި ބޭސް ވެގެން ތިބުމަށް މަޖުބޫރުކޮށްފަ

ވިސާ ދިނީ އީރާން ޓީމް މެކްސިކޯގައި ބޭސްވެގެން ތިބުމަށް މަޖުބޫރުކޮށްފަ

44 ދުވަސް ކުރިން - 09:14

ރިޕޯޓު: ބުރާސްފަތި ދުވަހުގެ ރޭ ފަށާ ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ވާނީ ކިހިނެތް؟

ބުރާސްފަތި ދުވަހުގެރޭ ފަށާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ވާނީ ކިހިނެތް؟

44 ދުވަސް ކުރިން - 07:25