ރަޝިއާގެ ވެރިރަށް މޮސްކޯ ހިމެނޭހެން އެ ޤައުމުގެ އެކި ހިސާބުތަކަށް ޙަމަލާ ދިނުމަށް ޔުކްރޭނުގެ ވައިގެ ލަޝްކަރުން 11 ކޮމްބެޓް މަތިންދާބޯޓުގައި ނައްޓާލައިފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ޔުކްރޭނުގެ ހަނގުރާމަމތީ މަތިންދާބޯޓު މިހާރު ދަތުރުކުރަމުން ދާއިރު، ރަޝިއާއަށް ސްޓޯމް ޝެޑޯ ކްރޫޒް މިސައިލް ފޮނުވާލާނެ ކަމަށް ބެލެވެއެވެ. މަސްދަރުތަކުން ބުނާ ގޮތުގައި ރަޝިޔާގެ ވެރިރަށް މޮސްކޯ ހިމެނޭ ގޮތަށް ރަޝިޔާގެ މުހިންމު ސަރަޙައްދުތަކަށް އަމާޒުކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ޔުކްރޭނުން ވަނީ ރާވާފައެވެ.
އިނގިރޭސިވިލާތުން ފޯރުކޮށްދޭ ދުރު ރާސްތާގެ ކްރޫޒް މިސައިލެއް ކަމަށްވާ ސްޓޯމް ޝެޑޯ އަކީ ޔޫކްރޭންގެ އެންމެ ވަރުގަދަ އެއް ހަތިޔާރެވެ. މިއީ 250 ކިލޯމީޓަރު ދުރުގައި ހުންނަ އަމާޒުތަކަށް ހަމަލާދޭ ހަތިޔާރެވެ.
ރަޝިއާގެ އެކި ތަންތަނުގައި މިސައިލުން ދިފާޢުވާނެ އައްޑަނަތަކާއި ޑްރޯން ޙަމަލާތައް ފެއިލްކޮށްލުމަށް ސަފުތައް ރުކުރުވާލާފައިވާއިރު، މިއީ ފަހަކަށް އައިސް ކޯޑިނޭޓްކޮށްގެން ޔުކްރޭނުން ރަޝިއާއަށް ދޭން މަސައްކަތްކުރާ އެންމެ ބޮޑު ވައިގެ ޙަމަލާތަކުގެ ތެރެއިން އެއް ޙަމަލާ ކަމަށް ކަށަވަރުނުވާ މަސްދަރުތަކުން ބުނެއެވެ.






