Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މި އަހަރުތެރޭ 63 ރަށަކަށް އެމްބިއުލާންސް ގެންނަނީ

މި އަހަރުތެރޭ 63 ރަށަކަށް އެމްބިއުލާންސް ގެންނަނީ

އައިޝަތު ރުވާ ރިފްޢަތު
314 ދުވަސް ކުރިން - 21 އޮކްޓޫބަރު 2025 20:23
ދަނބިދޫގައި ބޭއްވުނު ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
ދަނބިދޫގައި ބޭއްވުނު ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ތަރައްގީގެ ގޮތުން ދަނބިދޫއަށް ބޭނުންވާ ގިނަކަންކަން ކޮށްދޭނެ ކަމަށް ވައުދުވެ ރައީސް ވިދާޅުވީ އެމްބިއުލާންސް ބޭނުންވާ ރަށްތަކުގެ ތެރޭގައި އެ ރަށްވެސް ހިމެނޭ ކަމަށް.

ރާއްޖޭގެ 63 ރަށަކަށް ބޭނުންވާ އެމްބިއުލާންސް މިއަހަރު ތެރޭ ރާއްޖެއަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދަނބިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ 63 ވަރަކަށް އެމްބިއުލާންސް މިއަހަރު ތެރޭ އެބަ ގެނެވޭ ކަމަަށާއި، އެ އެމްބިއުލާންސްތައް ފޮނުވަން އެންމެ ބޮޑު އިސްކަމެއް ދޭ ރަށްތަކަކީ އެމްބިއުލާންސްތަކުގެ މައްސަލަ ދިމާވެފައި ހުރި ރަށްތައް ކަމަށެވެ. ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަކީ އެމަނިކުފާނުގެ ސަރުކާރުގައި އެންމެ އިސްކަމެއްދޭ ދާއިރާ ކަމަށެވެ.

މިދިޔަ ހަފްތާގައި ށ. ފުނަދޫ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވަނީ 2026 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށާއި، ތައުލީމީ ދާއިރާއަށް 1 ބިލިއަން ރުފިޔާ ހަމަޖެހިގެންދާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ވެގެންދާނީ މި ދެ ދާއިރާއަށް ހާއްސަ ބަޖެޓެއް ކަމުގައެވެ.

Advertisement

Advertisement 1

ރައީސްގެ މި ދަތުރުފުޅުގައި ދަނބިދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީ ހިދުމަތް ވަނީ ފައްޓަވައިދެއްވާފަ އެވެ.

މިއަދު ދަނބިދޫގައި ބޭއްވުނު ޖަލްސާގައި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި މަޝްރޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. ރައީސް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއަކީ އެ ރަށަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި އެކަން ކުރުމުގެ ކުރިން ނަރުދަމާއަށް ދިމާވެފައިވާ މައްސަލަ އެއްކޮށް ހައްލުކޮށްދެއްވާނެ ކަމަށެވެ.

"ދެންމެ ސޮއިކުރެވުނު މަގު ހެދުމުގެ މަޝްރޫއަކީ ހަމަ ޔަގީނުންވެސް ރަށުގެ ރައްޔިތުންނަށް ވަރަށް މުހިންމު މަޝްރޫއެއް. މިކަން ކުރިއަށް ގެންދިއުމަށް ބަލާއިރު، ރަށުގެ ނަރުދަމާއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެލައްވާ ކަމަކަށްވާނީ. މި ދަތުރުގައި ދެންމެ އަޅުގަނޑު މުއައްސަސާތަކާއި ކައުންސިލާ އެކީ އޮތް ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ވަރަށް ބޮޑަށް ވާހަކަ ދެކިފައިވޭ."

ރައީސް ވިދާޅުވީ ނަރުދަމާއާ ބެހޭ ތަފްސީލީ ދިރާސާއެއް މި ދަތުރަށްފަހު ވުޒާރާއިން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެކަމަށްދާ ހަރަދު ކަނޑައަޅައި އެކަން ހައްލުކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އެ ރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ވަރަށް އަވަހަށް ކުންފުންޏަކާއެކު އެގްރީމަންޓް ހަދައި މިއަހަރު ތެރޭ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އަދި އޭގެ އިތުރުން އެ ރަށުގެ ބަނދަރުގެ ދަތިކަން ފާހަގަކޮށް ރައީސް ވިދާޅުވީ ނެރުތައް ފުން ކުރުމާއި އަދި އެހެނިހެން އުދަނގޫތައް ވެސް ހައްލުކުރުމަށް ކަމާބެހޭ ވުޒާރާއިން ޓީމެއް ސާވޭ ކުރުމަށްޓަކައި އެ ރަށަށް ފޮނުވާނެ ކަމަށެވެ. އަދި އެއަށްފަހު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އެކަމަށް ދާނެ ހަރަދު އަންދާޒާކޮށް އެކަން ކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

އަދި މީގެ އިތުރުންވެސް ރައީސް ވަނީ ތަރައްގީގެ މަޝްރޫއުތައް ދަނބިދޫއަށް އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި؛

  1. ވޮލި ކޯޓެއް ގާއިމްކުރުމަށް ަސރުކާރުން އެހީވުން
  2. ހޭންޑް ބޯޅަ ކޯޓެއް މިއަހަރު ތެރޭ އެޅުމަށް އަމަލީ މަސައްކަތް ފެށުން
  3. ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި އިތުރު ޖަނަރޭޓަރެއް އެރަށަށް ގެނައުން
  4. އަންނަ އަހަރު ކުރީކޮޅު މަލްޓިޕާޕަސް ހޯލެއް ގާއިމްކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދަނބިދޫގައި ވަނީ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުލ. ދަނބިދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

9 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

9 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

9 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

11 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

11 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

11 ގަޑިއިރު ކުރިން - 16:42