ބްރެޒިލްގެ އިރުއުތުރުގެ ސަރަޙައްދެއްގައި ބަހެއް އެކްސިޑެންޓްވެ 17 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ ކަމަށް އެ ޤައުމުން ބުނެފިއެވެ.

މަސްދަރުތައް ބުނާ ގޮތުގައި 30 ވަރަކަށް ފަސިންޖަރުންނާއެކު ދަތުރުކުރި ބަހުގެ ޑްރައިވަރަށް ހެދުނު މިސްޓޭކެއްގެ ސަބަބުން މަގުގެ އެއްފަރާތުގައި ހުރި ހިލަތަކެއްގައި ޖެހި ބަސް ފުރޮޅާލައި ހިނގި މި ހާދިސާގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ބްރެޒިލަކީ ލެޓިން އެމެރިކާގައި އެންމެ ގިނައިން މަގުމަތީގެ އެކްސިޑެންޓްތައް ހިނގާ އެއް ޤައުމެވެ. ބަހަކާއި ޓްރަކެއް ޖެހިގެން 38 މީހުން މަރުވި ހާދިސާއަށް ވެސް އަހަރު ނުވާއިރު، މިދިޔަ އަހަރު އެކަނި ވެސް 26،138 މީހުން ވަނީ މަގުމަތީގެ އެކްސިޑެންޓުތަކުގައި އެ ޤައުމުން މަރުވެފައެވެ.