Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މައި ވައިގެ ބަނދަރުގައި އަލިފާން ރޯވެ ފުލައިޓް ޝެޑިއުލަށް ބުރޫ އަރައިފި

މައި ވައިގެ ބަނދަރުގައި އަލިފާން ރޯވެ ފުލައިޓް ޝެޑިއުލަށް ބުރޫ އަރައިފި

އައިޝަތު ރުވާ ރިފްޢަތު
235 ދުވަސް ކުރިން - 19 އޮކްޓޫބަރު 2025 01:43
އަލިފާން ރޯވެފައިވާ ކާގޯ ޓާމިނަލުގެ ސަރަހައްދުގައި ފަޔަފައިޓަރުން. - ފޮޓޯ: ގެޓީ އިމޭޖަސް
އަލިފާން ރޯވެފައިވާ ކާގޯ ޓާމިނަލުގެ ސަރަހައްދުގައި ފަޔަފައިޓަރުން. - ފޮޓޯ: ގެޓީ އިމޭޖަސް
ޚުލާސާ

ބަންގްލަދޭޝްގެ މައި ވައިގެ ބަނދަރުގައި އަލިފާން ރޯވެފައިވަނީ އެ ގައުމުގެ ގަޑިން މެންދުރު 14:00 ހާއިރު. މިއީ މިފަދަ ހާދިސާއެއް އެ ގައުމުގައި ހިނގި ތިންވަނަ ފަހަރު.

އެކުވެރި ބަންގްލަދޭޝް، ޑާކާގެ މައި ވައިގެ ބަނދަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފްލައިޓް ޝެޑިއުލަށް ބުރޫ އަރައިފި އެވެ.

ހަޒްރަތު ޝާހުޖަލާލް އިންޓަރނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓާމިނަލުގައި ހިނގި މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެ އެވެ. އެ ގައުމުގެ ގަޑިން ހޮނިހިރު ދުވަހު މެންދުރު 14:00 ހާއިރު ރޯވި މި ބޮޑު އަލިފާނުގެ ހާދިސާގެ ސަބަބުން ހަ ގަޑިއިރަށް ފްލައިޓްތައް ޖައްސާ ފުރުން ހުއްޓިފައިވާ ކަމަށާއި، ފްލައިޓް އޮޕަރޭޝަންސް އަލުން ފަށާފައިވަނީ ރޭގަނޑު 21:00 ހާއިރު ކަމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވެ އެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު އެ ހާދިސާގެ ސަބަބުން ތަކެއްޗަށް ވީ ގެއްލުމުގެ އަގު ބުނަން ދަތި ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ. ނަމަވެސް ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ އަދަދު 1.5 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

Advertisement

Advertisement 1

މިއީ މިފަދަ ހާދިސާ އެއް އެ ގައުމުގައި މި ހަފްތާގައި ހިނގި ތިން ވަނަ ފަހަރެވެ. މި މަހު 13 ވަނަ ދުވަހު ހެދުން އުފައްދާ ކާރުހާނާއެއްގައި ރޯވެ ޖެހިގެން ހުރި ކެމިލަކް ގުދަނެއްގައި ރޯވެ 16 މީހުން ވަނީ މަރުވެފަ އެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު ވެސް ވަނީ ހެދުން އުފައްދާ ކާރުހާނާއެއްގައި ރޯވެފަ އެވެ. ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ބުނެފައިވަނީ މި ހުރިހާ ހާދިސާއެއް ވެސް ތަހުގީގު ކުރާނެ ކަމަށާއި، ގަސްތުގައި މިފަދަ އަމަލެއް އެއްވެސް ފަރާތަކުން ހިންގާފައިވާ ކަމަށް ތަހުގީގުން އެނގިއްޖެ ނަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އަލިފާންބަންގްލަދޭޝް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

6 ދުވަސް ކުރިން - 23:06

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

7 ދުވަސް ކުރިން - 18:30

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

9 ދުވަސް ކުރިން - 09:50

މއ. ނަމީބިއާ ގޭގައި ހަރަކާތްތެރިވީ ތެއްޔެއް ދުން އަރައިގެން: އެމްއެންޑީއެފް

މއ. ނަމީބިއާ ގޭގައި ހަރަކާތްތެރިވީ ތެއްޔެއް ދުން އަރައިގެން: އެމްއެންޑީއެފް

12 ދުވަސް ކުރިން - 14:13

ޗާންދަނީ މަގުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ޗާންދަނީ މަގުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

12 ދުވަސް ކުރިން - 13:46

ކެންޔާގެ ބޯޑިން ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 ދަރިވަރުން މަރުވެއްޖެ

ކެންޔާގެ ބޯޑިން ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 ދަރިވަރުން މަރުވެއްޖެ

13 ދުވަސް ކުރިން - 15:43