Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޗައިނާގެ ތިން ސިޓީ އަކަށް 400 ޑޮލަރަށް ވުރެ އަގުހެޔޮކޮށް ގައުމީ އެއާލައިނުން ދަތުރުތައް ފަށަނީ

ޗައިނާގެ ތިން ސިޓީ އަކަށް 400 ޑޮލަރަށް ވުރެ އަގުހެޔޮކޮށް ގައުމީ އެއާލައިނުން ދަތުރުތައް ފަށަނީ

އައިޝަތު ރުވާ ރިފްޢަތު
260 ދުވަސް ކުރިން - 16 އޮކްޓޫބަރު 2025 18:49
ގައުމީ އެއާލައިނުން މިދިޔަ އަހަރު ގެނައި އޭ330 މަރުކާގެ މަތިންދާބޯޓް. ފޮޓޯ: ޚުލާސާ
ގައުމީ އެއާލައިނުން މިދިޔަ އަހަރު ގެނައި އޭ330 މަރުކާގެ މަތިންދާބޯޓް. ފޮޓޯ: ޚުލާސާ
ޚުލާސާ

30 އޮކްޓޫބަރުން 15 ނޮވެމްބަރުގެ ނިޔަލަށް ކުރާ މި ދަތުރުތަކުގެ އަގުތަކަކީ؛ ޝަންހާއި 399 ޑޮލަރަށް، ބެއިޖިންގ 399 ޑޮލަރަށް އަދި ޗެންގްޑޫ 349 ޑޮލަރަށް.

ދިވެހިރާއްޖޭގެ ގައުމީ އެއާލައިނުން ޗައިނާގެ ތިން ސިޓީ ކަމަށްވާ ޝަންހާއި، ބެއިޖިންގ، އަދި ޗެންގްޑޫ އަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ މި ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ މި އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ދަތުރު ކުރާ ފަރާތްތަކަށް 40 ކިލޯގެ ބެގެޖް އެލަވަންސް ލިބޭނެ ކަމަށް ގައުމީ އެއާލައިނުން ބުނެފައިވެ އެވެ.

Advertisement

Advertisement 1

މޯލްޑިވިއަނުން މި ތިން ސިޓީ އަށް ކުރާ ދަތުރުތަކުގެ އަގުތަކަކީ؛

ޝަންހާއި: 399 ޑޮލަރު

ބެއިޖިންގ: 399 ޑޮލަރު

ޗެންގްޑޫ: 349 ޑޮލަރު

ތައިލެންޑުގެ ބްނެގްކޮކަށް ވެސް ދަތުރުތައް ފަށަން ގައުމީ އެއާލައިނުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ސްކޫލް ބަނދުގައި 23 ޑިސެމްބަރުން ފެށިގެން 13 ޖެނުއަރީ އަށް، ކޮންމެ އަންގާރަ ދުވަހެއްގައި އެ އެއާލައިނުން 399 ޑޮލަރަށް ދަތުރުކޮށްލެވޭނެ އެވެ.

މި ދަތުރުތައް ގައުމީ އެއާލައިނުން ކުރާނީ މިދިޔަ އަހަރު ގެނައި އޭ 330 ނުވަތަ ކުރިން ބޭނުންކުރަމުން އަންނަ އޭ 320 މަރުކާގެ މަތިންދާބޯޓުންނެވެ. ގައުމީ އެއާލައިނުގެ ފްލީޓަށް އޭ 330 މަރުކާގެ އިތުރު ބޯޓެއް ގެނައުމަށް މިއަހަރު މާޗު މަހުގައި ވަނީ އިއުލާން ކޮށްފަ އެވެ.

ރާއްޖޭއިން ބޭރުގެ މަންޒިލްތަކުގެ ތެރޭގައި މިވަގުތު ގައުމީ އެއާލައިނުން ދަތުރު ކުރަނީ އިންޑިއާގެ ދެ މަންޒިލަކަށެވެ. އެއީ ޓްރިވަންޑްރަމަށާއި ކޮޗިން އަށެވެ.

މޯލްޑިވިއަންޗައިނާބެންކޮކް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

1 ދުވަސް ކުރިން - 21:31

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

29 ދުވަސް ކުރިން - 23:06

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

35 ދުވަސް ކުރިން - 22:03

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި އެހެން ގައުމުތަކަށް ގޮންޖެހުން!

36 ދުވަސް ކުރިން - 17:08

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

36 ދުވަސް ކުރިން - 11:09

އެންވީޑިއާގެ 200 ބިލިއަން ޑޮލަރުގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ ކަމަށް ސީއީއޯ ވިދާޅުވެއްޖެ

އެންވީޑިއާގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ

41 ދުވަސް ކުރިން - 23:16