ހުޅުމާލެއިން 12 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގަނެފި އެވެ.
އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ އަދި އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން، ހުޅުމާލެ ފޭސް އެކެއްގައި ޓާސްކްފޯސްއިން އިއްޔެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަނުގެ ދަށުން ޖުމްލަ 12 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެ ތެރޭގައި ހިމެނެނީ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ފަސް މީހުންނާއި، ބިދޭސީން ރެކްރޫޓްކޮށް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ތިން މީހެއްގެ އިތުރުން، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިޔަ ހަތަރު މީހެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.






