ރައީސް މުޢިއްޒުގެ ވައުދާއި އެއްގޮތަށް ރާއްޖެ އަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

އައިޝަތު ރުވާ ރިފްޢަތު | 52 ދުވަސް ކުރިން - 14 އޮކްޓޯބަރު 2025 19:03
ފޮޓޯ: އިންޓަރނެޓް
ފޮޓޯ: އިންޓަރނެޓް
ޚުލާސާ

މިކަން އިއުލާންކޮށްފައިވަނީ އިކޮނިމިކް މިނިސްޓްރީން. މިނިސްޓްރީން ބުނެފައިވަނީ ޕޭޕަލް ތައާރަފް ކުރަނީ ދިވެހިރާއްޖެ ޕާޓްނަރެއްގެ ގޮތުގައި އޫރިދޫ ފިންޓެކާ ގުޅިގެން ކަމަށް.

ދިވެހިރާއްޖެ އަށް ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. މިކަން އާންމުކޮށް އިއުލާނު ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީއިން ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ޕޭޕަލް ތައާރަފް ކުރަނީ ދިވެހިރާއްޖެ ޕާޓްނަރެއްގެ ގޮތުގައި އޫރިދޫ ފިންޓެކާ ގުޅިގެން ކަމަށެވެ. ރާއްޖެ އަށް ޕޭޕަލް ތައާރަފް ވެގެން ދިޔުމަކީ ޓެކްނޮލޮޖީގެ ދާއިރާ އިން ރާއްޖޭގެ އިގްތިސާދަށް ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައި އެއް ލަނޑުދަނޑި ހާސިލުވުން ކަމުގައި އެ އިއުލާނުގައި ފާހަގަކޮށްފައި ވެއެވެ.

ރާއްޖެއަށް ޕޭޕަލް ތައާރަފް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. ރާއްޖޭގެ ތާރީހުގައި އަލަށް ފަށާ މި ހިދުމަތަކީ ފައިސާގެ މުއާމަލާތްތައް ޒަމާނީ ގޮތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ޑިޖިޓަލް ވޮލެޓެކެވެ. މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި އަދި ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ހަރަކާތްތެރިވުމަށް ފުރުސަތު ލިބިގެންދާނެ އެވެ.

މި ހިދުމަތް ރާއްޖެ އަށް ތައާރަފް ކުރުމަށްޓަކައި ވޭތެވެދިޔަ ދެ އަހަރު ދުވަހު ޕޭޕަލްގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަފާތު އެކި މަސައްކަތްތައް ވަނީ ކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މި ހިދުމަތް ތައާރަފް ވުމުގެ މަސައްކަތް ފެށިފައިވުމަކީ މާލީ ނިޒާމް ހަރުދަނާ ކުރުމަށާއި އަދި އީޖާދީ ޑިޖިޓަލް ހައްލުތައް ހޯދޭނެ ފަދަ މާހައުލެއް ގާއިމްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް ލިބުނު ބޮޑު ކުރިއެރުމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

3 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އަހްމަދު

49 ދުވަސް ކުރިން - 18:18

މި ކިޔާފަ ނޭގުން ތާރަފް ކުރީ ކަމެއް ކުރަނީކަމެއް