Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ށ. ނޫމަރާ ގައި އަލަށް ބިނާކުރެވޭ މިސްކިތުގެ ބިންގާ އަޅައިފި

ށ. ނޫމަރާ ގައި އަލަށް ބިނާކުރެވޭ މިސްކިތުގެ ބިންގާ އަޅައިފި

އައިޝަތު ރުވާ ރިފްޢަތު
240 ދުވަސް ކުރިން - 13 އޮކްޓޫބަރު 2025 13:43
ށ. ނޫމަރާގައި އިމާރަތްކުރާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުން - ފޮޓޯ: ރައީސް އޮފީސް
ށ. ނޫމަރާގައި އިމާރަތްކުރާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުން - ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިއީ 300 މީހުންނަށް ނަމާދުކުރޭ ޖާގައިގެ މިސްކިތެއް. މި މިސްކިތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް.

ށ. ނޫމަރާގައި 300 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތުގެ ބިންގާ މިއަދު އަޅުއްވައިފި އެވެ. މި މިސްކިތުގެ ބިންގާ އަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫމަރާ އަށް ވަޑައިގެންނެވެ.

މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިސްކިތުގެ ބިންގާ އަޅުއްވާދެއްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢއިއްޒު ގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި މިސްކިތް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ އެވެ. މިސްކިތުގެ މަސައްކަތް ނިމިގެންދާއިރު ސޯލާ ހަރުކުރެވި، އޭސީ ހަރުކުރެވި އަދި ލައިބްރަރީ އަކާއި ކްލާސްރޫމެއް ހިމެނިގެންދާނެ އެވެ.

Advertisement

Advertisement 1

މި މަޝްރޫއުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. ރާއްޖޭގެ ރަށްތަކުގައި އަލަށް އިމާރާތް ކުރާ މިސްކިތްތަކަކީ ޒަމާނީ ޑިޒައިންތަކަށް އިމާރާތް ކުރާ ހިއްގައިމު މިސްކިތްތަކެެވެ.

2023 ވަނަ އަހަރު ރާއްޖޭގެ ބޯހިމެނިއިރު ށ. ނޫމަރާގެ އާބާދީ އަކީ 371 މީހުންނެވެ. އެހެންކަމުން މިފަދަ މަޝްރޫއުއެއް އެ ރަށުގައި ފައްޓަވައިދެއްވުމުން ދޭހަވަނީ މި ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްގީގައި ހުރިހާ ރަށެއް އެއްހަމަ ކުރާ ކަމެވެ.

ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މިއަދު ވަޑައިގަތީ ށ. އަތޮޅަށެވެ. ށ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ.

ށ. ނޫމަރާމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުރައީސް ޑރ. މުޙައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

27 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

31 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

38 ދުވަސް ކުރިން - 15:01

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

41 ދުވަސް ކުރިން - 18:00

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

43 ދުވަސް ކުރިން - 14:10

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

49 ދުވަސް ކުރިން - 12:52