Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދީނީ ހިދުމަތުގައި ރާއްޖެ ދެކެމުން މިދަނީ ހެޔޮ ދުވަސްތަކެއް: މިނިސްޓަރު ޝަހީމް

ދީނީ ހިދުމަތުގައި ރާއްޖެ ދެކެމުން މިދަނީ ހެޔޮ ދުވަސްތަކެއް: މިނިސްޓަރު ޝަހީމް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
323 ދުވަސް ކުރިން - 12 އޮކްޓޫބަރު 2025 11:14
ޑރ. ޝަހީމް. ގުރުއާނުން ލިބޭ ހިދާޔަތުން އަހަރެމެން ހިދާޔަތް ލިބިގަންނަން ޖެހޭ ކަމަށާއި ގުރްއާން ރީތިކޮށް ކިޔެވުމުން ހަމައެކަނި ނުފުދޭ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި--- ފޮޓޯ: ރައީސް އޮފީސް
ޑރ. ޝަހީމް. ގުރުއާނުން ލިބޭ ހިދާޔަތުން އަހަރެމެން ހިދާޔަތް ލިބިގަންނަން ޖެހޭ ކަމަށާއި ގުރްއާން ރީތިކޮށް ކިޔެވުމުން ހަމައެކަނި ނުފުދޭ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކީރިތި ގުރްއާނުގެ އަހުލުވެރިއަކަށްވެ ގުރްއާން ކިޔަވާ މީހެއްގެ ގޮތުގައި ދެމިހުރުމަކީ އެންމެ މަތިވެރި ޝަރަފުކަމުގައި ދެކެންވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި

ގުރުއާނާއި ގުޅުންހުރި ކަންތައްތަކާއި ދީނީ ހިދުމަތުގައި ދިވެހިރާއްޖެ މިހާރު ދެކެމުން މިދަނީ ވަރަށްވެސް ހެޔޮ ދުވަސްތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މި މޭރުމުން ވިދާޅުވީ، ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ، ގުރްއާނާއި ގުޅުންހުރި ކަންތައްތަކާއި ދީނީ ހިދުމަތާއި ގުޅުންހުރި ކަންކަން ގައުމެއްގެ ތެރޭގައި ކުރިއަށް ގެންދެވޭނީ އެ ގައުމެއްގައި ގާއިމުވެފައި އޮންނަ ސަރުކާރުން އެކަމަކަށް ދޭ އަހައްމިއްޔަތު ކަމުން ކަމަށެވެ.

ގުުރުއާނުން ލިބޭ ހިދާޔަތުން އަހަރެމެން ހިދާޔަތް ލިބިގަންނަން ޖެހޭ ކަމަށާއި ގުރުއާން ރީތިކޮށް ކިޔެވުމުން ހަމައެކަނި ނުފުދޭ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. މުޖުތަމައެއްގައި ސުލްހަވެރިކަމާއި، އަމާންކަމާއި، ލޯތްބާ އިހްތިރާމާއި، ގަދަރު ދެމެހެއްޓުމަށް ކީރިތި ގުރުއާނުގެ ހިދާޔަތު ގޮވާލާކަމަށް މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެމަނިކުފާނުގެ ފުރިހަމަ އިރުޝާދާއެކު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ރާއްޖެ ސަލާމަތްކުރުމަށް. މި ރާއްޖެ ސަލާމަތްކުރެވެން އޮތީ އަޅުގަނޑުމެން އެކަތިގަނޑެއްގެ ގޮތުގައިވެ މި ދުވަސްތައް ދަމަހައްޓައިގެން، މި ހެޔޮކަން ނަގަހައްޓައިގެން، ސުލްހަވެރިކަން ގާއިމުކޮށްގެން، އަޅުގަނޑުމެންގެ ދަރިން އެކިއެކި ފިކުރުތަކުން ސަލާމްތަކޮށް ،އަޅުގަނޑުމެން އިސްލާމީ އަގީދާ މެދުމިންކަމުގެ އިސްލާމީ މަންހަޖުމަތިން ރާއްޖެ ތަރުބިއްޔަތުކޮށްގެން." --- މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވި އެވެ.

ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް މިއަދު ނިމިފައިވާއިރު މި މުބާރާތުގެ ބައިވެރިންނަށް އެކި އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ހާފިޒުންގެ ގޮފިންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން އަދި ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނައަށް ދާ ބައިވެރިއަކަށް 75،000 ރުފިޔާގެ ފައިސާގެ އިނާމު، ކޮންމެ ގޮތްޕަކުން ދެވަނައަށް ދާ ބައިވެރިއަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ކޮންމެ ގޮތްޕަކުން ތިންވަނައަށް ދާ ބައިވެރިއަކަށް 35،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. މި އިނާމުތަކުގެ އިތުރުން ރަންވަނަތަކަށް ދާ ބައިވެރިންނަށް އުމްރާ ދަތުރެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގައި، ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ، ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ، އަދި ހާފިޒުންގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތައުލީމް ހާސިލްކުރަން އެދޭ ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ގައުމަކުން ތައުލީމު ހާސިލު ކުރުމަށް ހާއްސަ ސްކޮލާޝިޕް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

ބަޖެޓަށް ބަރޯސާނުވެ، ޒަކާތާއި ވަގުފު ފަންޑުން 300 މިލިއަންގެ އިންވެސްޓްމަންޓްތަކެއް ކުރިއަށް!

22 ދުވަސް ކުރިން - 10:27

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމަށް ނިންމައިފި

އިސްލާމީ ސިވިލައިޒޭޝަން ފޯރަމް ކޮންމެ ދެއަހަރުން އެއްއަހަރު ބޭއްވުމަށް ނިންމައިފި

52 ދުވަސް ކުރިން - 21:23

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

109 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

113 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

120 ދުވަސް ކުރިން - 15:01