ފިލިޕީންސްގެ ޒަލްޒަލާ: ޗާޗުތައް ފުނޑުފުނޑުވިއިރު މިސްކިތްތައް ވަނީ ސަލާމަތްވެފަ

ޢަބްދުﷲ ޖުނައިދު | 12 ދުވަސް ކުރިން - 8 އޮކްޓޯބަރު 2025 00:32
ފައިލް ފޮޓޯ
ފައިލް ފޮޓޯ
ޚުލާސާ

ފާއިރުވި ދިހައަހަރުތެރޭ މިސަރަޙައްދަށް އައި އެންމެ ބޮޑު ޒަލްޒަލާ. އެންމެ މަޝްހޫރު 6 ޗާޗު ފުނޑުފުނޑުވެ 40،000 ގެދޮރު ސުންނާފަތިވެ މަގުތައް ވަނީ އިރައިގެންގޮސްފަ. 72 މަރު.

ފިލިޕީންސްގެ ސެބޫ ޕުރޮވިންސުގެ އުތުރުގައި އޮތް ބޮގޯ ސިޓީގެ އައްސޭރިފަށަށް މި މަހަށް ލައިގަތްއިރު އައި 6.9 މެގްނިޓިއުޑްގެ ބިންހެލުން ނުވަތަ ޒަލްޒަލާ ސަބަބުން އެ ސަރަހައްދުގައި ހުރި އެންމެ ދުވަސްވީ އަދި އެންމެ މަޝްހޫރު ޗާޗުތައް ފުނޑިއްޖެއެވެ.

މި ޒަލްޒަލާގައި 72 މީހުން މަރުވެ 559 މީހުން ޒަޚަމްވިއިރު، އެއާއި ގުޅިގެން 8253 އާފްޓަޝޮކް އައި ކަމަށް އެ ޤައުމުން ބުނެއެވެ.

މި ޒަލްޒަލާ އައީ ބޮގޯގެ އައްސޭރިފަށާއި 19 ކިލޯމީޓަރު ދުރުންނެވެ.

މިއީ ފާއިތުވި 10 އަހަރުތެރޭގައި މި ސަރަޙައްދަށް އައި އެންމެ ނުރައްކާތެރި އެއް ޒަލްޒަލާއެވެ.

މި ޒަލްޒަލާ އާއި އެކު އެޤައުމުގެ އެންމެ ދުވަސްވީ އަދި އެންމެ މަޝްހޫރު 6 ޗާޗު ވަނީ ފުނޑުފުނޑުވެފައެވެ. އެއީ 1858 އާއި 1864 ވަނަ އަހަރާއި ދެމެދުގައި ބިނާކުރި ޗާޗުތަކެވެ.

ފާހަގަކޮށްލަން ޖެހޭ މުހިއްމު ކަމަކީ ޗާޗުތަކަށް ބޮޑެތި ގެއްލުން ލިބުނު ނަމަވެސް، މި ޒަލްޒަލާ އާއި ގުޅިގެން އެއްވެސް މިސްކިތްތަކަށް ގެއްލުމެއް ނުލިބޭކަމެވެ.

ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި 40،000 އަށް ވުރެ ގިނަ ގެދޮރު ވެސް ވަނީ ހަލާކުވެފައެވެ. އަދި ބިންގަނޑު އިރައިގެން ގޮސް އެތައް މަގެއް ސުންނާފަތިވެ 14 ބުރިޖެއް ވެސް ވަނީ ހަލާކުވެފައެވެ.

މި ޒަލްޒަލާ އައި ސަރަޙައްދުގައި އުޅޭ މުސްލިމުންގެ އާބާދީ އަކީ ގާތްގަނޑަކަށް 1 ލައްކައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%