Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އުރީދޫއިން އިމިގްރޭޝަން މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް!

އުރީދޫއިން އިމިގްރޭޝަން މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް!

އައިޝަތު ޝިފްނާ ހުސައިން
246 ދުވަސް ކުރިން - 8 އޮކްޓޫބަރު 2025 18:28
އުރީދޫ މޯލްޑިވްސްއިން އިމިގްރޭޝަނާ ގުޅިގެން "މާސްޓާރިން ކަސްޓަމާ ސާވިސް"ގެ ނަމުގައި ބޭއްވި ތަމްރީން.---ފޮޓޯ: އިމިގްރޭޝަން
އުރީދޫ މޯލްޑިވްސްއިން އިމިގްރޭޝަނާ ގުޅިގެން "މާސްޓާރިން ކަސްޓަމާ ސާވިސް"ގެ ނަމުގައި ބޭއްވި ތަމްރީން.---ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

އެ ޕްރޮގުރާމުގެ މަގުސަދަކީ ކަސްޓަމާ ސާވިސް ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ފްރަންޓްލައިންގައި މަސައްކަތްކުރާ އިމިގްރޭޝަން އޮފިސަރުންނަށް އެންމެ ފުރިހަމައަށް ދަސްކޮށްދިނުން

އުރީދޫ މޯލްޑިވްސްއިން އިމިގްރޭޝަނާ ގުޅިގެން "މާސްޓާރިން ކަސްޓަމާ ސާވިސް"ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ބާއްވައިފި އެވެ.

މި ޕްރޮގްރާމް ބޭއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ޕްރޮގުރާމުގެ މަގުސަދަކީ ކަސްޓަމާ ސާވިސް ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ފްރަންޓްލައިންގައި މަސައްކަތްކުރާ އިމިގްރޭޝަން އޮފިސަރުންނަށް އެންމެ ފުރިހަމައަށް ދަސްކޮށްދިނުމެވެ.

މި ޓްރެއިނިން ހިންގީ އުރީދޫގެ އައިއެސްއޯ ސެޓިފައިޑް ކޮންޓެކްޓް ސެންޓަރުންނެވެ. އެ ތަނަކީ ރާއްޖޭގައި ހުރި ހަމައެކަނި އައިއެސްއޯ ސެޓިފައިޑް ކޮންޓެކްޓް ސެންޓަރެވެ. އެ ސެންޓަރުގެ ތަޖުރިބާއާ އެކު އެކި ކުންފުނިތަކުން ކަސްޓަމަރުން ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މިފަދަ ޓްރެއިނިންތަކުގެ ޒަރީއާއިން އުރީދޫން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Advertisement

Advertisement 1

އިމިގްރޭޝަންގެ ބޭނުންތަކަށް ފަރުމާކޮށްގެން، ހަ ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި 160 އޮފިސަރުން ބައިވެރިވި އެވެ. އެ ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި ހިމަނާފައި ވަނީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، ހަރުދަނާ މުއާސަލާތީ ވަސީލަތްތަކާއި، ހަރުދަނާ ހިދުމަތުގެ ސަގާފަތެއް އުފެއްދުމަށް ކުރެވިދާނެ ކަންކަމެވެ.

އިމިގްރޭޝަންއުރީދޫ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

2 ދުވަސް ކުރިން - 18:19

ކަސްޓަމަރުންގެ ޒާތީ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނާ ބީއެމްއެލްއާ ދެމެދު ބަދަލެއް ނުކުރެވޭ: ބީއެމްއެލް

ކަސްޓަމަރުންގެ ޒާތީ މައުލޫމާތެއް އިމިގްރޭޝަނުން ނުލިބޭ: ބީއެމްއެލް

37 ދުވަސް ކުރިން - 22:22

"އަދަދު" ނޫހުގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

"އަދަދު"ގެ އެޑިޓަރު ހަސަންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފި

44 ދުވަސް ކުރިން - 13:57

މިހާތަނަށް 9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން

89 ދުވަސް ކުރިން - 17:30

ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދުގައި އިމިގްރޭޝަނުން ހިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

93 ދުވަސް ކުރިން - 15:07

ނެޓްވޯކް ދަށްވެ އަމަން ދޯދި އަދި އުދަރެސް ފުލެޓުތަކުގެ ރައްޔިތުންގެ ނުރުހުން އުރީދޫއާއި ދިރާގަށް

އާފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ނުރުހުން އޫރީދޫއާ ދިރާގަށް

102 ދުވަސް ކުރިން - 21:55