އާލިންގ ހާލަންޑު މެޗުގެ ކުރީ ކޮޅުގައި ޖެހި ހަމައެކަނި ގޯލާއެކު ބްފެންޓުފޯޑުގެ މައްޗަށް މެންޗެސްޓަރ ސިޓީން ކުރި ހޯދައިފި އެވެ.
މެޗު ނުވަ ވަނަ މިނެޓުގައި ހާލަންޑު ގޯލު ޖަހާފައިވަނީ ގުވާޑިއޯލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މި މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިފައެއް ނުވެއެވެ. ފަހު ހާފުގައި ބްރައިޓަންގެ ފޯވާޑަށް ވަން-ވީ-ވަން ޗާންސެއް ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އިގޯ ތިއާގޯ ފޮނުވާލި ހަމަލާ ސިޓީގެ ކީޕަރު ޑޮނަރޫމާ ވަނީ މަތަކޮށްފައެވެ.
ތިއާގޯ އެޑަމްސް އަށް ހުސް ފުރުސަތެއް ލިބި ވަނީ ބޭކާރުކޮށްލާފައި - ފޮޓޯ: މެންޗެސްޓަރ ސިޓީ
ބަލާހިތްވާ ކުޅުމެއް މެޗުގައި ފެނިފައި ނުވިނަމަވެސް ހަމަލާތަކެއް އުފައްދަން ބްރެންޓްފޯޑުން މަސައްކަތް ކޮށްފައިވެއެވެ.
ޕްރިމިއަރ ލީގުގެ މި މޮޅާއެކު ސިޓީ މިވަނީ ތާވަލުގެ ފަސް ވަނައަށް ޖެހިލާފައެވެ. ބްރެންޓްފޯޑު އެންމެ ފަހުން ކުޅުނު ފަސް މެޗުން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެ ކުލަބު އޮތީ ތާވަލުގެ 16 ވަނައިގައެވެ.