މުބާރާތުގެ ފޭވަރިޓުގެންގެ ގޮތުގައި ބެލެވޭ އެއް ކުލަބު ކަމަށްވާ ނަމުން މަޝްހޫރު އާސެނަލް ވަގުތީ ގޮތުން އެއްވަނައަށް ޖެހިލައިފި އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި 0-2 ގެ ނަތީޖާއިން ވެސްހޭމް ބަލިކުރި މެޗުގައި އާސެނަލްގެ ގޯލުތައް ޖަހާފައިވަނީ ޑެކްލަން ރައިސް އަދި ސަކާ އެވެ. ރައިސް ގެ ގޯލަކީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އެބެރެޗީ އެޒޭ ގޯލަށް ފޮނުވާލި ހަމަލާއެއް ވެސްޓްހޭމްގެ ކީޕަރު ދިފާއުކުރުމުން ރީބައުންސަށް ނިކުތް ބޯޅައެއް ގޯލަށް ވައްދާލާ ޖެހި ގޯލެކެވެ. އަދި ސަކާ ގޯލު ޖަހާފައިވަނީ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.
މުޅި މެޗު ޑޮމިނޭޓްކޮށް ކުޅެފައިވަނީ އާސެނަލުންނެވެ. ވެސްޓްހޭމަށް އާސެނަލްގެ ގޯލުގެ ތިން ދަނޑިން އެތެރެއަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
ޗެލްސީއާއި ލިވަޕޫލް މިރޭ ބައްދަލުކުރާ މެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ އެއްވަނައިގެ މަގާމު އަލުން އަނބުރާ އެ ކުލަބަށް ލިބޭނެއެވެ. އަދި އާސެނަލް ދެވަނައަށް ވެއްޓޭނެ އެވެ.