Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ މި ސަރުކާރުން މަނާކުރި އިސްރާއީލުގެ ޕާސްޕޯޓަށް އަލުން ހުއްދަދޭނެ: ފަލާހު

އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ މި ސަރުކާރުން މަނާކުރި އިސްރާއީލުގެ ޕާސްޕޯޓަށް އަލުން ހުއްދަދޭނެ: ފަލާހު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
292 ދުވަސް ކުރިން - 2 އޮކްޓޫބަރު 2025 11:41
މެންބަރު ފަލާހު: ފޮޓޯ/ އިންޓަނެޓް---
މެންބަރު ފަލާހު: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާ އެއްކޮށް ތިބޭ ބައެއް ކަމަށް.

އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ، މިއަދުގެ ސަރުކާރުން މަނާކުރި އިސްރާއީލުގެ ޕާސްޕޯޓަށް އަލުން ހުއްދަދޭނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާ އެއްކޮށް ތިބޭ ބައެއް ކަމަށާއި، ދިވެހިން އަބަދުވެސް ލިބެން އޮންނަ އެހީއެއް ފޯރުކޮށްދެވެން އޮތް އެންމެ މަތީ މިންވަރަކަށް ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަމަށެވެ.

"މިހާ ހިސާބަށް އެކި ސަރުކާރުތައް އެކިގޮތަށް ބަދަލުވަމުން އައިސް މިއަދާ ހަމައަށް އައިއިރުގައި އަޅުގަނޑު ދަންނަވާލާނީ، މުޅި ދުނިޔޭގައި ވެސް ފާހަގަކުރެވޭ އެންމެ މުހިއްމު އެއް ފިޔަވަޅެއް އިސްރާއިލާ ދެކޮޅަށް އެޅި އެއް ގައުމަކަށް ވާނެ މި ދިވެހި ގައުމު، މިއަދުގެ ސަރުކާރު، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް މިހާރު މި ގައުމަކަށް އިސްރާއީލުގެ ޕާސްޕޯޓެއްގައި އެތެރެ ނުވެވޭނެ." --- މެންބަރު ފަލާހު ވިދާޅުވި އެވެ.

އިސްރާއީލު ޕާސްޕޯޓް މަނާކުރުމުގެ ނަމުގައި ނިމިދިޔަ 19 ވަނަ މަޖިލީހުން، އެ މައްސަލަ ހުށަހަޅައިގެން އެ ފަސް އަހަރު ހޭދަކުރީ ސަކަރާތްގަނޑެއްގެ ތެރޭގައިކަން ސިފަކުރައްވައި މެންބަރު ފަލާހު ވިދާޅުވީ، އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުގެ މެންބަރުންނަށް ނުކެރުނު ކަމަށެވެ.

Advertisement

Advertisement 1
"މިދިޔަ 19 ވަނަ މަޖިލީހުގައި އެ މައްސަލަ ހުށަހަޅައިގެން އެ ފަސް އަހަރު ދުއްވާލީ، އެއްދުވަހަކު ކުއްލި މައްސަލައެއް ލާނެ، އަނެއް ދުވަހު ކޮމިޓީއެއް ބާއްވާނެ، އަނެއް ދުވަހު މިތަނަށް ގެންނާނެ، އަނެއް ދުވަހު ސިޓީއެއް ފޮނުވާނެ، އަނެއް ދުވަހު ކޮންމެވެސް އެހެން ކަމެއް ކުރާނެ. މި ސަކަރާތެއްގައި ފަސް އަހަރު ދުއްވާލީ. މަނާކޮށްލާކަށް ނުކެރުނު." --- މެންބަރު ފަލާހު ވިދާޅުވި އެވެ.

އަބަދުވެސް މިއަދުގެ ސަރުކާރާއި 20 ވަނަ މަޖިލީހުން އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް 20 ވަނަ މަޖިލީހުން ވެސް ކުރާނެކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަށް ދެއްވާ ކަމަށް މެންބަރު ފަލާހު ވިދާޅުވި އެވެ.

މެމްބަރު އިބްރާހިމް ފަލާހްފަލަސްތީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

19 ގަޑިއިރު ކުރިން - 13:45

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

2 ދުވަސް ކުރިން - 13:36

ފަލަސްތީނަށް އެހީވުމަށް މިއަހަރުވެސް 50,000 ޑޮލަރު ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި

ފަލަސްތީނަށް އެހީވުމަށް މިއަހަރުވެސް 50,000 ޑޮލަރު ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި

19 ދުވަސް ކުރިން - 13:06

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

29 ދުވަސް ކުރިން - 17:47

އިސްރާއީލާއެކު ވިޔަފާރިކުރުން މަނާކުރަން ނޯވޭއިން ނިންމައިފި

އިސްރާއީލާއެކު ވިޔަފާރިކުރުން މަނާކުރަން ނޯވޭއިން ނިންމައިފި

31 ދުވަސް ކުރިން - 14:46

ހުޅަނގު އައްސޭރީގައި މިއިން ޒަމާނަކު ނުކުރާވަރަށް އިޒުރޭލުން ދަނީ މުސްލިމުންނަށް އަނިޔާ ކުރަމުން - އދ

ހުޅަނގު އައްސޭރީގައި މިއިން ޒަމާނަކު ނުކުރާވަރަށް އަނިޔާ - އދ

39 ދުވަސް ކުރިން - 15:02