Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންތިޚާބެއް އަންނާތީވެ “އަރާމު ކުރުމަށް އޮތް” އަދާލަތު ޕާޓީ ފާޅުވެއްޖެ

އިންތިޚާބެއް އަންނާތީވެ “އަރާމު ކުރުމަށް އޮތް” އަދާލަތު ޕާޓީ ފާޅުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
298 ދުވަސް ކުރިން - 1 އޮކްޓޫބަރު 2025 13:59
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން (ކ)، އެމްޑީޕީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު (ވ). - ފޮޓޯ: ޚުލާސާ ގްރެފިކްސް
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން (ކ)، އެމްޑީޕީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު (ވ). - ފޮޓޯ: ޚުލާސާ ގްރެފިކްސް
ޚުލާސާ

އަދާލަތު ޕާޓީން ބުނީ އެ ޕާޓިގެ ވިސްނުން މިހާރު ހުރީ އެހެން ސިޔާސީ ޕާޓީތަކާއި ގުޅިގެން މަސައްކަތް ކުރުމަށެ ކަމަށް.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ މިދިޔަ ވެރިކަން ނިމުމާއި އެކު ރާއްޖެ ދޫކުރައްވައި ބެންކޮކަށް ދިރިއުޅުން ބަދަލުކުރެއްވި ޝެއިޚް ޢިމްރާން ޢަބްދުﷲގެ ސިޔާސީ އެޖެންޑާ ގެންގުޅޭ އަދާލަތު ޕާޓީ މިއަދާއި ހަމަޔަށް "އަރާމު ކުރުމަށް" އޮތުމަށްފަހު ހޭލައިފިއެވެ.

އަދާލަތު ޕާޓީން ބުނީ އެ ޕާޓިގެ ވިސްނުން މިހާރު ހުރީ އެހެން ސިޔާސީ ޕާޓީތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ. މިކަން އެ ޕާޓީން ހާމަކޮށްފައިވަނީ ރޭ ނެރުނު ބަޔާނެއްގައެވެ.

ކެމްޕޭނުގައި އަބަދުވެސް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އިސްލާމް ދީން ބޭނުންކުރާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނީ އިސްލާމް ދީނާއި ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށް، ސިޔާސީ ޕާޓީތަކާއި އެކު މަސައްކަތް ފެށުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން އިގުރާރު ވާ ކަމަށެވެ.

Advertisement

Advertisement 1

ސިޔާސީ ދާއިރާގެ ބައެއް ފަރާތްތަކުންނާއި އާންމުންގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތުގައި، އަދާލަތު ޕާޓީއަކީ ހިހޫތަނުން ކާން މަސައްކަތްކުރާ ޕާޓީއެކެވެ. އަދި، އެ ޕާޓީއަކީ ސިޔާސީ ކަންކަމަށް ވުރެ ބޮޑަށް ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲގެ އަމިއްލަ އެޖެންޑާ ކުރިއަށް ނެރުމަށް މަޝްހޫރުވެފައިވާ ޕާޓީއެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މީގެ ކުރިން އިމްރާން ވިދާޅުވެފައި ވަނީ އަފްރާޝީމް ވެސް އަވަހާރަކޮށްލި މީހާ އޭނާއަށް އެނގޭ ކަމަށާއި އެ ހުރިހާ ތަފްޞީލެއް އޭނާގެ އަތުގައި ހުރި ކަމަށެވެ. އަދި އެ މަރު ރައީސް ޔާމީނާއި ގުޅުވުމަށް އިމްރާން މަސައްކަތް ކުރެއްވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި އިމްރާނަކީ ހޯމްމިނިސްޓަރެވެ. ނަމަވެސް އެ މައްސަލަ ވެސް އޭނާ "ފަސްއަޅައި ފޮރުވީ" ކަމަށް ތުހުމަތު ކުރެވެއެވެ. މީގެ އިތުރުން އޭނާގެ މިނިސްޓަރުކަމުގައި އެ ސަރުކާރުން ބޮޑެތި ކޮރަޕްޝަނުގެ ޖަރީމާތައް ހިންގިއިރު އެއްވެސް މީހެއްގެ މައްސަލައެއް ތަހުގީގެއް ވެސް ނުކުރެއެވެ. އަދި މާފުށީ ޖަލާއި ހިންމަފުށީ އައްސޭރި ޖަލުގެ ކޮއްތުގެ ކަންކަން ވަކިފަރާތަކަށް ހަމަޖައްސައިދިނުމަށް އޭނާ މަސައްކަތްކުރި ކަމަށް ވެސް އެއްބަޔަކު ތުހުމަތު ކުރެއެވެ.

ސިޔާސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަދަދު ނޫހުން ފަތުރަނީ ފިތުނަ، ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް: ޝިޔާމް

"ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް"

62 ދުވަސް ކުރިން - 14:27

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތް ފަށައިފި

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތްފަށައިފި

66 ދުވަސް ކުރިން - 09:50

ގެރިމަސް ނުކާ ތިން ކާޅު: ނޫސްވެރިކަމުގެ މިނިވަންކަމުގެ ޗެމްޕިއަނުންނަށް ވެވޭނެ؟

ނޫސްވެރިކަމުގެ މިނިވަންކަމުގެ ޗެމްޕިއަނުންނަށް ވެވޭނެ؟

71 ދުވަސް ކުރިން - 16:26

ގާނޫނާ ހިލާފަށް ސިޔާސީ ހަރަކާތްތައް ހިންގުން ހުއްޓުވުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް

ގާނޫނާ ހިލާފު ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް ގަރާރެއް

82 ދުވަސް ކުރިން - 12:59

ރޫޅާލި ޕާޓީގެ ތަޚުތު ހޯދުން: ނަޝީދުގެ ސިޔާސީ ކުޅިގަނޑާއެކު އެމްޑީޕީ ދާޚިލީ ހަނގުރާމައަކަށް

ނަޝީދުގެ ސިޔާސީ ކުޅިގަނޑާއެކު އެމްޑީޕީ ދާޚިލީ ހަނގުރާމައަކަށް

85 ދުވަސް ކުރިން - 15:50

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އައްޔަންކޮށްފި

ޕީއެންސީގެ އެސްޖީގެ މަގާމަށް މޫސާ ފަތުހީ އައްޔަންކޮށްފި

97 ދުވަސް ކުރިން - 11:57