Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ވާދަވެރި ޓީމުތަކުގެ ސަޕޯޓަރުން މަލާމާތްކޮށްކޮށް ތިއްބާ އާޓެޓާގެ ޓީމުން ތިން ޕޮއިންޓު ހޯދައިފި

ވާދަވެރި ޓީމުތަކުގެ ސަޕޯޓަރުން މަލާމާތްކޮށްކޮށް ތިއްބާ އާޓެޓާގެ ޓީމުން ތިން ޕޮއިންޓު ހޯދައިފި

އައިޝަތު އީމާން
255 ދުވަސް ކުރިން - 28 ސެޕްޓެންބަރު 2025 22:51
ފަހުވަގުތު ގޯލު ޖެހުމަށްފަހު ގަބްރިއެލއ އުފާފާޅުކުރަނީ.
ފަހުވަގުތު ގޯލު ޖެހުމަށްފަހު ގަބްރިއެލއ އުފާފާޅުކުރަނީ.
ޚުލާސާ

84 ވަނަ މިނެޓާ ހަމައަށް ބަލިވަމުންދިޔަ އާސެނަލަށް ތިން ޕޮއިންޓު ލިބުނީ މެރީނޯ އަދި ގަބްރިއަލް މަގަޅެސް ގެ ގޯލުތަކުން.

ބޮޑެތި ކުލަބުތަކަށް މިއީ އުނދަގޫ ހަފްތާއެކެވެ. ނިއުކާސަލް-އާސެނަލް ގެ މެޗާ ހަމައަށް ބޮޑު ޓީމެއްގެ ގޮތުގައި މޮޅުވެފައި އޮތް ކުލަބަކީ ހަމައެކަނި މެންޗެސްޓަރ ސިޓީ އެވެ. ޔުނައިޓެޑް އަދި ޗެލްސީ ވީ ބައްޔެވެ. ތާވަލުގެ ފުލުގައި އޮތް ކުލަބު އަތުން ޓޮޓެންހަމް ވީ އެއްވަރެވެ. އެވެސް ފަހު ވަހުގުތުގައެވެ.

ވާދަވެރި ހުރިހާ ކުލަބުތަކެއްގެ ސަޕޯޓަރުން ތިބީ އާސެނަލް މި މެޗުން ބަލިވާނެ ކަމުގެ އުންމީދެއްގައެވެ. ހާއްސަކޮށް ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލެވެ. ނިއުކާސަލަކީ އާސެނަލް މައްޗަށް މޮޅުވެވޭނެ ފަދަ މޮޅު ކުލަބެކެވެ. ނަމަވެސް މަލާމާތްކުރަން ތިބި އެ ދޫތަށް ވަނީ މެޗުގެ 84 ވަނަ މިނެޓަށްފަހު ބަންދުވެފައެވެ. އަދި މެޗު ނިމިގެން ދިޔައީ އަނގަ އެއްކޮށް ބަންދުވެގެންނެވެ.

މެޗުގައި ޖެހި ތިން ގޯލަކީ ވެސް ބޮލުން ވައްދާލި ގޯލުތަކެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ސަންޑްރޯ ޓޮނާލީ ނަގާލި ހުރަސް ބޮލުން ގޯލަށް ވައްދާލީ 34 ވަނަ މިނެޓުގައި ނިކް ވޯލްޓެމޭޑެވެ. ބަސް ޕާކުކޮށްގެން ކުޅުނު ނިއުކާސަލްގެ ގޯލު 84 ވަނަ މިނެޓުގައި ހުޅުވާލީ ޑެކްލަން ރައިސް ނަގައިދިން ހުރަހެއްގެ ބޭނުން ހިފައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެރީނޯ އެވެ. އާސެނަލަށް ތިން ޕޮއިންޓު ލިބުނީ 6+90 ވަނަ މިނެޓުގައި އޮޑެގާޑު ނަގައިދިން ކޯނަރެއް ގަބްރިއަލް މަގަޅެސް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

Advertisement

Advertisement 1

މި މޮޅާއެކު ކުޅުނު ހަ މެޗުން 13 ޕޮއިންޓު ހޯދައިގެން އާސެނަލް މިވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެއްވަނައިގައި އޮތީ 15 ޕޮއިންޓާއެކު ލިވަޕޫލެވެ. ކުޅުނު ހަ މެޗުން ހަ ޕޮއިންޓާއެކު ނިއުކާސަލް އޮތީ ތާވަލުގެ 15 ވަނައިގައެވެ.

އާސެނަލްނިއުކާސަލްއިނގިރޭސި ޕްރިމިއަރ ލީގު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

10 ދުވަސް ކުރިން - 03:22

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

11 ދުވަސް ކުރިން - 00:00

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

11 ދުވަސް ކުރިން - 19:29

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

11 ދުވަސް ކުރިން - 14:46

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

16 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

16 ދުވަސް ކުރިން - 12:14