މިހާތަނަށް މުސާރަ ހާމަނައިޒް ކުރެވިފައިނުވާ ސިވިލް ސާރވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހު ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ މިއަހަރު މުސާރަ ބޮޑު ނުވާ އެހެން ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ ވެސް 2026 ގައި ބޮޑުވެގެންދާނެ ކަމަށެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.









