Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޗެލްސީން މި ކުޅެނީ ފުޓްބޯޅަތަ ނޫނީ ބައިބަލާތަ؟

ޗެލްސީން މި ކުޅެނީ ފުޓްބޯޅަތަ ނޫނީ ބައިބަލާތަ؟

އައިޝަތު އީމާން
301 ދުވަސް ކުރިން - 28 ސެޕްޓެންބަރު 2025 12:31
ޗެލްސީ ޑިފެންޑަރު ޗަލޯބާއަށް ރެފްރީ ރަތް ކާޑު ދައްކަނީ - ފޮޓޯ: ގެޓީ އިމޭޖަސް
ޗެލްސީ ޑިފެންޑަރު ޗަލޯބާއަށް ރެފްރީ ރަތް ކާޑު ދައްކަނީ - ފޮޓޯ: ގެޓީ އިމޭޖަސް
ޚުލާސާ

ޕްރިމިއަރ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ޗެލްސީގެ ކުޅުންތެރިންނަށް ވަނީ ރަތްކާޑު ދައްކާފަ. އަދި އެ ދެމެޗުން ވެސް ވީ ބަލި.

ރަތްކާޑެއް ހޯދަން ވާނީ ރަތް ކާޑެއް ހޯދަންވާ ހާލަތެއްގައެވެ. މިސާލަކަށް މެޗު ނިމެން ކުޑަތަންކޮޅަކަށް ވެފައިވަނިކޮށް ކޮންމެހެން ބައިކޮޅަށް ގޯލެއް ވައްދަން ބޭނުންނުވާ ހާލަތުގައި ރަތް ކާޑު ހޯދުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ޗެލްސީން ކުރަން އުޅޭ ކަންތައް ބެލުންތެރިންނަށް ސާފެއް ނޫނެވެ.

ނިމިދިޔަ ހަފްތާ މެންޗެސްޓަރ ޔުނައިޓެޑާ ބައްދަލުކުރި މެޗުގައި މެޗުގެ ނުވަވަނަ މިނެޓު ޗެލްސީ ކީޕަރު ސަންޗޭޒް ވަނީ ޔުނައިޓެޑުގެ ފޯވާޑު އެމްބޫމާއަށް ރެސްލިންގެ ހަމަލާއެއްދީ ރަތް ކާޑެއް ހޯދާފައެވެ. ދެން ފެނިގެން ދިޔައީ ރޭގެ މެޗުގައި މޮޅުވެފައި އޮއްވާ ބްރައިޓަންގެ މެދުތެރެއަށް ކުޅޭ ޑިއޭގޯ ގޮމޭޒަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޗެލްސީގެ ޗަލޯބާއަށް ރަތްކާޑު ދެއްކި މަންޒަރެވެ. ރަނގަޅެވެ. ފައުލް ނުކުރި ނަމަ ގޯލެއް ޖެހުމުގެ ފުރުސަރު އެބައޮތެވެ. ނަމަވެސް މޮޅުވެފައި އޮތީ ޗެލްސީ އެވެ. މެޗު ނިމެން 37 މިނެޓު އެބައޮތެވެ. ޗެލްސީ ކަހަލަ ބިޔަ ބޮޑު ޓީމެއް ޕްރެޝަރަށް ވެއްޓެން މާ އަވަހެވެ.

މި ދެ ހާދިސާގައި ހޯދި ދެ ރަތްކާޑާއެކު ފުޓްބޯޅަ ބެލުންތެރިންގެ ނަޒަރުގައި ޗެލްސީއާ މެދު ދެކޭ ގޮތް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިއީ ރެސްލިންގ ތަޅާ ބައެއްތޯ، ބައިބަލާ ކުޅޭ ބައެއްތޯ ނޫނީ "ބޭސިކް ފުޓުބޯޅަ" ނޭނގޭ ބައެއްތޯއާ މެދު މިވަނީ ސުވާލު އުފެދިފައެވެ.

Advertisement

Advertisement 1

ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭސް ޗެލްސީއަށް ލީޑު ނަގައިދީފައިވަނިކޮށް ފަހަތުން އަރައި ތިން ގޯލު ޖަހައި ބްރައިޓަން މޮޅުވެފައިވަނީ ޗެލްސީގެ ރަތް ކާޑަށް ފަހުގައެވެ. 77 ވަނަ މިނެޓުގައި ޗެލްސީގެ ގޯލު ހުޅުވާލަދިނީ ޑެނީ ވެލްބެކެވެ. ދެވަނަ ގޯލު 2+90 މިނެޓުގައި ޖަހައިދިނީ ޑޭ ކޫޕާރ އެވެ. ތިން ވަނަ ގޯލު 10+90 މިނެޓުގައި ޖަހައިދިނީ ފުރަތަމަ ގޯލުވެސް ޖަހައިދިން ޑެނީ ވެލްބެކެވެ.

މި ބައްޔާއެކު ހަ މެޗުން ލިބުނު އަށް ޕޮއިންޓާއެކު ޗެލްސީ މިވަނީ ތާވަލުގެ އަށް ވަނައަށް ވެއްޓިފައެވެ. އަދި ރޭގެ މޮޅާއެކު ބްރައިޓަން ވަނީ ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައި ތާވަލުގެ 10 ވަނައަށް ޖެހިލާފައެވެ.

ޗެލްސީއިނގިރޭސި ޕްރިމިއަރ ލީގު
Advertisement
Advertisement

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޗެލްސީ

300 ދުވަސް ކުރިން - 20:17

ކިތަންމެ ޖޭ ވިޔަސް ވޯލްޑް ޗެންޕިއަން މިީ.. ވާދަވެރި ސަޕޯޓަރެއް ވިޔަސް ނޫސްވެރިއެއް ވެއްޖާ ހަބަރު ލިޔަން އުސޫލެއް އޮންނާނެ. ތިމާ ސަޕޯޓްކުރާ ޕާޓީ އިންތިހާބު ކާމިޔާބު ކޮއްގެން ނޫން މިއުޅެނީ. މިއީ ކުޅިވަރު..

ގުޅޭ ޚަބަރުތައް

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ހަނިވެއްޖެ

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި

1 ގަޑިއިރު ކުރިން - 14:55

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

55 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

56 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

62 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

62 ދުވަސް ކުރިން - 12:14

މިޑްލްސްބަރާ ބަލިކޮށް، ހަލް ސިޓީން އަލުން އިނގިރޭސި ޕްރިމިއާ ލީގަށް

ހަލް ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް

63 ދުވަސް ކުރިން - 22:55